ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ކެންޑިޑް މެގެޒިންގެ މީޑިއާކިޓް ތަޢާރަފުކޮށްފި

ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި އިޖުތިމާއީ އެކި ދާއިރާތަކަށް ޚާއްސަކޮށްގެން އަލަށް ތައާރަފްކުރާ “ކެންޑިޑް މެގެޒިން”ގެ މީޑިއާކިޓް ތައާރަފްކޮށްފި އެވެ. މީޑިއާކިޓް ތައާރަފްކޮށްދިނީ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ނިއުމާ މުހައްމަދެވެ.

 

ކެންޑިޑް މެގެޒިން އިން ބުނީ ދިވާސް މޯލްޑިވްސް އަދި ޒޯއާޓްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން ނެރުނު މި މެގަޒިން އަކީ ދިވެހިރާއްޖޭގެ ފަންނުވެރިކަމާއި ދިރިއުޅުމުގެ އެކި ކަންކަމާއި ގުޅުވައިދޭ ލައިފްސްޓައިލް މެގެޒިންއެއް ކަމަށެވެ.

 

ކެންޑިޑް މެގެޒިންގައި މަޝްހޫރު ތަރިންގެ އިންޓަވިއުތަކާއި، ޒުވާން ފަންނުވެރިންނާއި، ދިވެހި މުޖުތަމައުއާއި ގުޅުންހުރި ލިޔުންތައް ހިމެނެ އެވެ. އަދި ޚާއްސަކޮށް ޒުވާން މުޖުތަމައުގައި ކުރިއަރަމުން އަންނަ ފަންނުވެރިންނަށް ހުނަރު ދައްކައިލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ކެންޑިޑް މެގެޒިން އިން މައުލޫމާތުދެ އެވެ.

 

ކެންޑިޑް މެގެޒިން އިން ބުނީ އުއްމީދުތަކާ އެކު ކެންޑިޑް މެގެޒިންގެ ފުރަތަމަ އެޑިޝަން މިއަހަރު މާޗް މަހު ނެރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

އޮގްމަންޓަޑް ރިއަލިޓީ ސޮފްޓްވެއަރ ބޭނުންކޮށްގެން ހަދާ ކެންޑިޑް މެގެޒިންއަކީ ފޯނު ބޭނުންކޮށްގެން ފޮޓޯއިން ވީޑިއޯ ބަލައިލެވޭ މިފަދަ ފުރަތަމަ ލައިފްސްޓައިލް މެގަޒިން އެވެ.

 

މި ފީޗާ ވެގެންދާނީ ވިޔަފާރިއާއި ހުނަރު އިޝްތިހާރުކުރުމަށް ލިބޭ އިތުރު ކުރިއެރުމަކަށް ކަމުގައިވެސް ކެންޑިޑް މެގެޒިން އިން ވަނީ ބުނެފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top