ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ޔޫސޭ” ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް ފޯމު ހުށައަޅައިފި

މަޝްހޫރު ކޮމޭޑިއަން، އެކްޓަރ އަދި ޑައިރެކްޓަރ ޔޫސުފު ރަފީޢު (ޔޫސޭ) މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރުމަށް ފޯމް ހުށައަޅައިފި އެވެ.

ޔޫސޭ ފޯމް ހުށައަޅާފައިވަނީ މާފަންނު ދެކުނު ދާއިރާއަށް ކަމަށް ޔޫސޭ މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވެއެވެ. ފޯމް ހުށައެޅުމަށްފަހު ޔޫސޭ ވަނީ ފޭސްބުކް ލައިވް ވީޑިއޯ އަކުން އާންމުންނަށް އެކަން އިއުލާންކޮށްފައެވެ.

“އަޅުގަނޑު ކުރިމަތި މިލަނީ އަމިއްލަ ގޮތުން، މާފަންނު ދެކުނު ދާއިރާއަށް. ޓީ12 އަށް.” ޔޫސޭ ބުންޏެވެ.

ޔޫސޭގެ ވީޑިއޯ ކްލިޕްގައި އޭނާ ބުނީ ރައްޔިތުން ޔޫސޭއަށް ދޭ ލޯތްބާއި އިހުތިރާމް މިފަހަރުވެސް ދެއްވާނެކަމަށް އުއްމީދުކުރާ ކަމަށެވެ.

މީގެ ކުރިންވެސް ޔޫސޭ އެތައް ފަހަރަކު ރައްޔިތުންގެ މަޖިލީހަށް ވާދަކޮށްފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ފަހަރަކު ގޮނޑި ކާމިޔާބުކުރެވޭ ގޮތެއް ނުވެއެވެ. އެހެން ނަމަވެސް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރެއްގެ ގޮތުން ޔޫސޭ ވަނީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މާލޭ ގޮނޑި ފުރާފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Looma7 އަހަރު ކުރިން

Thi majileehah laan varaha baraabaru meeheh Usay akee

Home
Menu
Search
Back to top