ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޝިމާ، މެސެންޖަރ ގްރޫޕަކަށް “އެމް.ލޮސްޓް … އިން ގޭން”!

ލ. ކައްދޫން މާމެންދޫއަށް ފެބްރުއަރީ 22 ވީ ހުކުރު ދުވަހުރޭ ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ފޯނުން އެންމެފަހުން މީސްމީޑިއާއަށް ދޫކޮށްލި މެސެޖް ކަމަށް ބުނާ މެސެޖެއްގެ ސްކްރީންޝޮޓެއް ފޭސްބްކްގައި ދައުރުވާން ފަށައިފިއެވެ.

ޝިމާ ކޮށްފައިވާ މެސެޖެއްކަމަށް ބެލެވޭ އެ މެސެޖް ކޮށްފައިވަނީ “♥️♥️Swsd” ގެ ނަމުގައި ހަދާފައިވާ ފޭސްބްކް މެސެންޖަރ ގްރޫޕެއްގެ ތެރެއަށް ކަމަށް ބެލެވެއެވެ.

ޝިމާއަށް ޓެގްކޮށް ޝިމާގެ ފޭސްބްކް ވޯލްއަށް ރޭގެ ވަގުތެއްގައި މީހަކު ލާފައިވާ ޕޯސްޓެއްގައި ޝިމާ ކޮށްފައިވާ މެސެޖްކަމަށް ބެލެވޭ މެސެޖްގެ ސްކްރީންޝޮޓެއް ވެސް ހިއްސާކޮށްފައި ވެއެވެ. ހުކުރު ދުވަހު 16:43 ގައި ކޮށްފައިވާ އެ މެސެޖްގައި ވަނީ ރުއްތަކެއް ފެންނަން ހުންނަ މަގެއްގެ ކޮންމެވެސް ހިސާބެއްގެ ފޮޓޯއެއް ލުމަށްފަހު M.Lost ލިޔެލާފައިވާތަނެވެ. “އޭމް.ލޮސްޓް” ލިޔެފައިވާ މެސެޖް، އެ ގްރޫޕްގެ އެންމެންނަށް ފެނުނުފަހުން ދެން ލިޔެފައިވާ ވަނީ In gan ‘އިން ގޭން’ އެވެ. އެއަށްފަހު ޝިމާގެ މެސެޖްގައި ހުރީ “އެކްޕްރެޝަން ލެސް’ ފޭސް ދައްކައިދޭ އިމޮޖީ😑😑😑😑 މޫނުތަކެކެވެ.

ފޭސްބްކް ތެރެއަށް އާއްމުކޮށްފައިވާ ޝިމާގެ މެސެޖް ކަމަށް ބެލެވޭ މެސެޖްގެ ސްކްރީންޝޮޓް ލުމަށްފަހު، ފަހުން އެ ޕޯސްޓްކުރި މީހަކު، އެ ޕޯސްޓް ވަނީ ޑިލީޓްވެސް ކޮށްލާފައެވެ. ޕޯސްޓް ޑިލީޓްކޮށްލާފައިވަނީ އެ ފޮޓޯ އާއްމުކުރަން އަދި އަވަސްކަމަށް މީހަކު ބުނެ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ. އެމީހަކު އެހެން ބުނެފައިވަނީ އެފަދަ އެއްޗެއް މިހާ ލަސްކޮށްފައި އާއްމުކުރުމުންކަމަށް ޤަބޫލުކުރެވެނީ އެހެން ބުނީ ޝިމާގެ ރައްޓެއްސެއްކަމަށް ބެލެވޭ މީހަކަށް ވާތީއެވެ.

ޝިމާ ގެއްލިގެން ހޯދާއިރު 18 މަހު ކުއްޖެއް ވެސް އޭނާގެ އޮވެ އެވެ. ކަނޑުމަތިން އޭނާ ގެއްލުނީ މިމަހުގެ 22 ވީ ހުކުރު ދުވަހުގެ ރޭ 9:30 އެހާކަންހާއިރު ދަތުރު ކުރި ޑިންގީ ގާދޫ ކައިރިން ބަންޑުން ޖަހާލައިގެނެވެ.

ޝިމާއާއެކު ޑިންގީން ދަތުރުކުރި ފަޒީލު ވަނީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވެފައެވެ. އެ ޚަބަރު ކޯސްޓްގާޑަށް ދިނީވެސް އޭނާ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Pinku7 އަހަރު ކުރިން

Kaley ingireysi laigen kameh kobbala

Bodu kame7 އަހަރު ކުރިން

Thikamuga adi ebavey vara bodu sirre

Ahki ge ngb7 އަހަރު ކުރިން

Kaley thee maa kanthah egey golaaeh dhw bro hats of you 😏

އައްކި7 އަހަރު ކުރިން

ދަރިޔާ. ލިޔުނު ސޮރަށް ދޯ ނޭނގުނީ. އެކަމަކު އަސްލު ނޭނގުނީ ސޯދުބެއަށް. ލިޔެފަ އެޔޮތީވެސް އެހެން 'ގޭން' ނޫންތަ؟ މާނައަކީ ގަން. އިންގްލިޝް އިން ނުކިޔާނެ ގަމަށް ގަން އެއް. ކިޔާނީ 'ގޭން'

އައްކި7 އަހަރު ކުރިން

ތަމެން ހިތުން ލިޔުނު ސޮރަށް ދޯ ނޭނގުނީ. އެކަމަކު އަސްލު ނޭނގުނީ ތަމެންނަށް. ލިޔެފަ އެޔޮތީވެސް އެހެން ނޫންތަ. އިންގްލިޝް އިން ނުކިޔާނެ ގަމަށް ގަން އެއް. ކިޔާނީ 'ގޭން'

އައްކި7 އަހަރު ކުރިން

ތަމެން ހިތުން ލިޔުނު ސޮރަށް ދޯ ނޭނގުނީ. އެކަމަކު އަސްލު ނޭނގުނީ ތަމެންނަށް. ލިޔެފަ އެޔޮތީވެސް އެހެން ނޫންތަ. އިންގްލިޝް އިން ނުކިޔާނެ ގަމަށް ގަން އެއް. ކިޔާނީ 'ގޭން'

އައްކި7 އަހަރު ކުރިން

ލިޔެފަ އެޔޮތީވެސް އެހެން ނޫންތަ. އިންގްލިޝް ނުކިޔާނެ ގަމަށް ގަން އެއް. ކިޔާނީ 'ގޭން'

ސޯދުބެ7 އަހަރު ކުރިން

ދަރިޔާ އޭގަ ލިޔެފަ އޭނީ ގަން އިޓް މީންސް ލ.ގަން

Fathun7 އަހަރު ކުރިން

Mihaa aamukamakah vefa oonakameh balan mihaaginameehun evvey tha

Maves7 އަހަރު ކުރިން

gamugaey noontha?

ކުރަނގި7 އަހަރު ކުރިން

ކޮންމެހެން އެކަކު އަނެކާއަށް ބަހުގެ ހަމަލާ ދިނުމެއް ނޫން މުހިއްމީ...ސިމާއަށް ހެޔޮދުއާ ކޮއްބަލަ....ގަޑިޖެހުނީމަ އެކަމެއް ވާންހުރިގޮތަކަށް ވާނެތާ ދޯ...

ކުރަނގި7 އަހަރު ކުރިން

ފޮޓޯއިން އެފެންނަ މަންޒަރަކީ ލ. ފޮނަދު އަށް އަރަން ކުރިން ދަތުރު ކުރާ މަގުން ދާއިރު ކުރީގަ އެތަނުގަ ހުންނާނެ ބުރެއް ރާނާފަވެސް ...އެމެރިކާމީހުން ސުހުފި ލަނޑާ އާލާ ކުރުމަށް ހިފާފަ އޮއްނަ ސަރަހައްދު ކައިރި އެއީ....ކޮއްމެ މީހަކަށްވެސް މަރުވުމުގެ ކުރިން ކޮންމެސް ކަހަލަ މެސެޖެއް ރައްތެހިންނަށް ނޫނީ ކޮއްމެވސް ފަރާތަކަށް ދޭނެ...ވީމާ ބެލެވޭގޮތުގަ އެކަން ނިހިގަނީސް ގާދޫ މީހުން އުޅޭސަރަހައްދަން ދިޔަމަގުމަތީގަ ނަގާފަ އިން ޕިކުއެއްތީ...ސިމާގެ އާއިލާ މީހުން އުޅެނީ އެސަރަހައްދު ގެއެއްގައި ކަމަށް މައުލޫމާތު ލިބޭ.....

best buddy7 އަހަރު ކުރިން

m lost in gan e bunefa e othee dhaturah furan dhiyaee heybalivaavarah boegen hre...nuni edhuvahu swiside vaan amihlayah beynunvaathi...fishaari manjeh e ee

Marry7 އަހަރު ކުރިން

Mashah heevani gamuga in vaahaka bunefa in hen

ޔާނާ7 އަހަރު ކުރިން

ލޮސްޓް އިން ގަން ދޯ އެ އިނީ

ގަމުމީހާ7 އަހަރު ކުރިން

ގަމުގަ ހުރިވާަހަކައެއް ނޫންތަ އެއޮތީބުނެފަ

Home
Menu
Search
Back to top