“ކަނޑު އިބިލީސް” އަތޮޅުތެރެއަށް އަރަންފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. “ކަނޑު އިބިލީސް” އަރަައިފި ކޮންމެ ރަށަކުން އޮހެމުންދަނީ ތަޢުރީފެވެ. އަޖައިބުވާކަށް ނުޖެހެއެވެ. މިހައިތަނަށް އުފެއްދި އެންމެ މޮޅު، އެންމެ ޢިބްރަތްތެރި ކުޑަކުދިންގެ ކުރު ފިލްމަށް “ކަނޑު އިބިލީސް” ވެއްޖެއެވެ.
“ކަނޑު އިބިލީސް”ގެ އެއް ޕްރޮޑިއުސަރ އަދި ފިލްމުގައި މުހިންމު ކެރެކްޓަރ އެއް ދައްކުވައިދީފައިވާ އެކްޓަރ ޒިޔާ ބުނީ ޅ. އަތޮޅު ނައިފަރުން ވަރަށް ބޮޑު ތަރުހީބެއް މި ފިލްމަށް ލިބިގެންދިޔަ ކަމަށެވެ.
ފިލްމު ބެލި ކުޑަކުދިންނާއި ބޮޑެތިމީހުންގެ ތަޢުރީފުވެސް ވަރަށް ބޮޑަށް ލިބެމުން އަންނަކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.
ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާ ޝިޔާމް ވިދާޅުވަނީ “ކަނޑު އިބިލީސް” ފިލްމަކީ އެބޭފުޅާއަށް މިހައިތަނަށް ބެއްލެވުނު އެންމެ ސަޅި ކުރު ކުޑަކުދިންގެ ފިލްމެވެ.
“ކެމެރާ ވަރަށް ފުރިހަމަ. ޕިކްޗާ ކޮލިޓީ ސަތޭކަ. ބެކް މިއުޒިކް ބުނާނެ އެއްޗެއް ނެތް. ޑަބިން އެހާ ކްލިއާ. މި ފިލްމުގެ ރީތިކަމުގެ ވާހަކަ ނުދައްކާ ޕޭރެންޓްސް އެއް ފިލްމު ބެލި ކުޑަކުއްޖެއް ދިމާނުވޭ. ދީފަ ހުރި މެސެޖްތައް ވަރަށް ފުރިހަމަ. މަސައްކަތަށް ސަތޭކަ.” ޝިޔާމް ވިދާޅުވިއެވެ.

މަޝްހޫރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ އާއި ލަވަކިޔުންތެރިޔާ މުހައްމަދު ރިއްފަތު އަދި އެކްޓަރ ޒިޔާ ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމު “ކަނޑު އިބްލީސް”ގެ ވާހަކަ ލިޔުއްވީ މަޝްހޫރު ލިޔުންތެރިޔާ އަދި ސްޓޭޖް ޑްރާމާކުޅުއްވުމުގައި ފުންނާބު އުސް އެކްޓަރ ކޮޕީ މުޙައްމަދު ރަޝީދު އެވެ.
https://www.facebook.com/342065899633215/videos/367912967048508/
“ކަނޑު އިބްލީސް” ގެ ލީޑުން ފެނިގެންދާނީ އިއްސެ އަދި ޒިޔާ އެވެ. މީގެ އިތުރަށް ކުޅުއްދުއްފުށީގެ 100 ވަރަކަށް ކުދިންނާއި ބޮޑެތި މީހުން މި ފިލްމުން ފެނިގެންދާނެ އެވެ. ފިލްމުގެ މޭކަޕް އަދި ކެމެރާގެ މަސައްކަތް ދަބާ ކޮށްދީފައިވާއިރު، އެޑިޓިންގެ ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ޒިޔާ އެވެ.
