ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ފޯޓީ ޕްލަސް”-ފ. ނިލަންދޫގައި މިމަހުގެ 15 ގައި

މެގަ ހިޓް ފިލްމު “ފޯޓީ ޕްލަސް” އަތޮޅުތެރެ ހެއްވައިލުމަށް ދަތުރު ފަށާފައިވާއިރު، މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ފ. ނިލަންދޫ ހެއްވައިލުމަށް ތައްޔާރުވެއްޖެއެވެ.

ނިލަންދެ އަތޮޅު ނިލަންދުއަށް “ފޯޓީ ޕްލަސް” އާއެކު ދަނީ އެ ފިލްމުގައި ވަރަށް ތަފާތު މަޖާ ކެރެކްޓާ އެއް ކުޅެފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ.

ފ. ނިލަންދޫގައި “ފޯޓީ ޕްލަސް” ދައްކާނީ ފ. އަތޮޅު ހޮސްޕިޓަލު ޖަލްސާކުރާ ހޯލުގައި ކަމަށް “ފޯޓީ ޕްލަސް”ގެ ޓީމުން މަޢުލޫމާތު ދެއެވެ. ނިލަންދޫން ޓިކެޓް ނެގުމަށް ގުޅުމަށް ހަތަރު ނަންބަރެއް ޤާއިމުކޮށްފައިވެއެވެ.

މިއިން ކޮންމެ ނަންބަރަކަށް ގުޅައިގެންވެސް ޓިކެޓް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް “ފޯޓީ ޕްލަސް”ގެ ޓީމާއި ނިލަންދޫގައި ފިލްމު ދެއްކުމަށް ހަރަކާތްތެރިވާ ފަރާތުން ބުނެއެވެ.

https://www.facebook.com/notea4t/videos/654819761619733/

މެގަ ހިޓް ފިލްމު “ފޯޓީ ޕްލަސް” ރޭ ނައިފަރުގައި އަޅުވާފައިވާއިރު، އޮލިމްޕަހުގައި ރޭ ވެސް ދެއްކީ ހައުސްފުލް ޝޯއެކެވެ. ރޭގެ ޝޯ އާއެކު “ފޯޓީ ޕްލަސް”ގެ ހައުސްފުލް 10 ޝޯ އޮލިމްޕަހުގައި ވަނީ ދައްކާފައެވެ.

ފަޚްރުވެރިކަމާއެކު “ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރަނީ މުނިއަވަސް އިންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top