ދިވެހި ބިރުވެރި ހެއްވާ މަޖާ ފިލްމު “ފޯޓީ ޕްލަސް” ވަރަށް އަވަހަށް ބައިސްކޯފަށް ލާނެ ކަމަށް ފިލްމުގެ އެއް ޕްރޮޑިއުސަރ އިސްމާޢީލް ޝަފީޤް ބުނެފިއެވެ.
2019 ވަނަ އަހަރު ރިލީޒްކުރި ދިވެހި ފިލްމުތަކުން އެންމެ ބޮޑު މާލީ ނަފާއެއް ހޯދި “ފޯޓީ ޕްލަސް” އަކީ އޮލިމްޕަހާއި ރަށްރަށުގައިވެސް އެންމެ ގިނަ ޝޯތައް ދެއްކި ފިލްމުކަމަށް ޕްރޮޑިއުސަރ ޝަފީޤް ބުނެއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ “ފޯޓީ ޕްލަސް” އަކީ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ.
ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން އުފެއްދި މި ފިލްމު ޑައިރެކްޓްކުރީ ޔޫއްޕެއެވެ.
ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) އަދި މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު ”40 ޕްލަސް“ ގައި ހަރަކާތްތެރިވި އިތުރު ތަރިންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!