ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އޮލިމްޕަހަށް ޕްރޮޖެކްޓަރެއް ގަނެދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

އޮލިމްޕަހުގައި ފިލްމު ދައްކާނެ ޕްރޮޖެކްޓަރެއް ގަނެދޭނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް (އެންސީއޭ) އިން އިޢުލާނުކޮށްފި އެވެ.

އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނީ އޮލިމްޕަހުގައި ފިލްމު ދައްކާނެ ޕްރޮޖެކްޓަރެއް ގަންނަން ބޭނުންވާ ކަމަށާއި މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުމަށެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަޠު ނޯންނާނެ ކަމަށްވެސް އެންސީއޭ އިން ކޮށްފައިވާ އިޢުލާނުގައި ބުނެއެވެ.

ޕްރޮޖެކްޓަރު ގަނެދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައިވާ ގޮތުގެމަތިން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިޢުލާނުގައި ބުނެއެވެ.

އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރު ހަލާކުވެފައި ހުންނަތާ އެތަކެއް ދުވަހެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. މިހާރު އޮލިމްޕަހުގައި ދައްކަމުންދާ “ފޯޓީ ޕްލަސް” ޕްރިމިއާ ކުރުމަށް އޮތް ރެއަށް، ޕްރޮޖެކްޓަރެއް ކުއްޔަށް ނަގައިގެން އެންސީއޭ އިން ވަގުތީގޮތުން މައްސަލަ ހައްލުކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top