ރަނޑު ފިރިހެން ކުއްޖެއްގެ ހަޔާތުގައި ދިމާވާ ކަންތައްތަކެއް ދިވެހި ފިލްމު ބަލާ އޯޑިއަންސާއި ހަމައަށް ފުރަތަމަ ފަހަރަށް ގެނެސްދޭ ފިލްމު “އެހެނަސް” ވެބްސީރީޒްގެ ޓީޒާ ދައްކާލައިފި އެވެ.
ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” އަށް ބިނާކޮށް ހަދާ ވެބް ސީރީޒް “އެހެނަސް” އަކީ ދެ ސީޒަނަކަށް ބަހާލައިގެން ރަވީ ފާރޫގް ޑައިރެކްޓްކުރާ ސިލްސިލާ އެކެވެ.
މި ސިލްސިލާގެ ފުރަތަމަ ސީޒަނުގެ 40 ޕަސެންޓް ޝޫޓިން ނިންމާލާފައިވާ އިރު، މި ސްޓްރީމްކުރާނީ ބައިސްކޯފް އެފުންނެވެ. އަންނަ މަހުގެ ތެރޭގައި “އެހެނަސް” ގެނެސްދޭން ފަށާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.
މިއީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެ، ފަހުން އޭނާ ކައިވެނިކޮށް ދިރިއުޅުމެއް ފަށާ ފަހުން ވެސް، ކުރިމަތިވާ އެކި ކަހަލަ އިޖުތިމާއީ މައްސަލަތަކުގެ ސަބަބުން ފިރިހެނަކަށް ކުރިމަތިވާ ހާދިސާތަކެއް ކިޔައިދޭ ވަރަށް އަސަރު ގަދަ ވާހަކައެކެވެ.
E H E N A S – Teaser Trailer pic.twitter.com/HFdAZK3Bu6
— Baiskoafu (@baiskoafu) March 25, 2019
ފިލްމުގެ ޑައިރެކްޓަރ ރަވީ ފާރޫޤް ބުނީ އަލަށް ތައާރަފްވާ ކުދިން ތިބޭނެ ކަމަށާއި އެކުދިންނަށް އޮޑިޝަން ބާއްވާ ވޯކްޝޮޕްތައް ބާއްވާފައިވާނެ ކަމަށެވެ. އެހެންކަމުން އާ ތަރިއަކީ އާ ކުއްޖެކޭ ބުނެވޭވަރުގެ ޖާގައެއް ނުދޭނެ ކަމަށްވެސް ރަވީ ބުނެއެވެ.
ފިލްމުގެ ޓީޒާ ޓްރެއިލާ ދައްކާލައިފައިވާއިރު ޓްރެއިލާ އަންނަ މަހު ދައްކާނެ ކަމަށް ވެސް ރަވީ ބުންޏެވެ.
