ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފައިނަލްގެ ދެވަނަ ޖާގަ އޮޅުވެލި ހޯދައިފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ، ސައުތު މާލޭ ޒޯންގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ހޯދައިފި އެވެ.

ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ، އޮޅުވެލި ހޯދީ މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި ރިސޯޓްގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށްޓަކައި ކުރިޔަށް ގެންދިޔަ ޕެނަލްޓީ ޝޫޓްއައުޓް ކާމިޔާބުކޮށްގެން ނެވެ.

ސައުތު މާލޭ ޒޯންގެ ޗެމްޕިއަން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ދާލު ޒޯންގެ ޗެމްޕިއަން ދަ އެސްޓީ ރެޖިސް މޯލްޑިވްސް ވޮއްމުލި ރިސޯޓް ބައްދަލުކުރި ފޯރިގަދަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ވޮއްމުލިން ނެވެ. މެޗުގެ 5 ވަނަ މިނިޓްގައި ވޮއްމުއްޔަށް މި ލަނޑު ޖަހައިދިނީ ދާލު ޒޯންގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާމިލް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޮޅުވެލީގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް ގޯލުގެ ދުރުކަނަށް ވައްދާލައިގެން ނެވެ.

ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ އޮޅުވެއްޔަށް ނަތީޖާ ހަމަހަމަ ނުކުރެވި އުޅެނިކޮށް ވޮއްމުލިން އެ ޓީމުގެ ލީޑު ފުޅާކުރި އެވެ. 18 ވަނަ މިނިޓްގައި ވޮއްމުއްޔަށް މި ލަނޑު ޖަހައިދިނީ ޝަފީއު އެވެ. ޝަފީއު މި ލަނޑު ޖަހާފައިވަނީ އޮޅުވެލީގެ ހާފުގެ ތެރެއިން އެ ޓީމުގެ ކުޅުންތެރިއަކު ހިފައިގެން ކުރިޔަށް ދާން އުޅުނު ބޯޅައެއް ހިފައިގެން އޭރިޔާ ކައިރިއަށް ޖެހި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

މިވެސް ކިޔާލަން:  އިހަވަންދޫ ޗެމްޕިއަންކަން ހޯދައިފި

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި އޮޅުވެލިން ވަނީ ތަފާތު ކުޅުމެއް ދައްކައިފަ އެވެ. ދެވަނަ ހާފުގެ ފަހުކޮޅު މެޗުގެ 35 ވަނަ މިނިޓްގައި ވިގާމް ކާމިޔާބުކޮށްދިން ލަނޑާއިއެކު އޮޅުވެލިން އުންމީދު އާކުރި އެވެ. ސައުތު މާލޭ ޒޯންގެ މޮޅު ކުޅުންތެރިޔާ ވިގާމް މި ލަނޑު ޖަހާއިފައިވަނީ ވޮއްމުލީގެ އޭރިޔާ ކައިރިން ލިބުނު ފްރީކިކެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ނެވެ.

2-1 އިން ވޮއްމުލި މޮޅުވެދާނެކަމަށް ބެލެވުނު މި މެޗުގެ އިތުރު ވަގުތުގެ ވެސް ފަހުކޮޅު ސިޔާހް ޖަހައިދިން ލަނޑާއިއެކު މެޗުގެ ނަތީޖާ ހަމަހަމަވި އެވެ. ސިޔާހް މި ލަނޑު ޖަހާފައިވަނީ ވޮއްމުލީގެ އޭރިޔާތެރޭ ހުސްކޮށް ހުއްޓައި އޮޅުވެލީގެ ކުޅުންތެރިއަކު ޖައްސާލި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ އޮޅުވެލިން ކާމިޔާބުކުރީ 4-5 އިން ނެވެ.

7-6 އިން އޮޅުވެލި މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮޅުވެލި ޓީމުގެ މުޙައްމަދު ވިގާމް އެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ނ. ޒޯންގެ ޗެމްޕިއަން ވެލާ ޕްރައިވެޓް އައިލެންޑާއި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބައްދަލުކުރާ މި މެޗު އޮންނާނީ ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top