ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“އޯގާވާށޭ ކަލާ” އާއެކު ރިއްޓޭ އެނބުރި އަންނަނީ

ރިޝްވާން އައިމަން (ރިއްޓޭ)ގެ ލަވަތަކުގެ ތެރެއިން އެންމެ ބޮޑަށް ވައިގައި ހިފި ލަވަ “އޯގާވާށޭ ކަލާ”ގެ ވީޑިއޯ ލަވައާއި އެކުގައި އެނބުރި އަންނަ ކަމުގެ އުފާވެރި ޚަބަރު ރިއްޓެ ދީފިއެވެ.

“އޯގާވާށޭ ކަލާ”ގެ ރަސްމީ ވީޑިއޯ 09 ދުވަސް ތެރޭގައި ނިކުންނަނީ. 05 އޭޕްރީލް 2019 ގައި ރިލީޒްކުރަނީ.” ރިއްޓެގެ އިންސްޓަގްރާމްގައި މީގެ ތިން ދުވަސްކުރިން ކޮށްފައިވާ ޕޯސްޓެއްގައި ބުންޏެވެ. ރިއްޓެގެ ޕޯސްޓާއިއެކު ވީޑިއޯ ލަވައިގެ ޓީޒާއެއް ވެސް ހިމަނާފައިވެއެވެ.

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ފާހަގަކޮށްލެވޭ ރިޝްވާން އާއި ބޭންޑު “ދަ ކްލޯވް” އާއެކު 2008 ގައި ކިޔާފައިވާ “އޯގާވާށޭ ކަލާ” އަކީ ހުރިހައި އުމުރުފުރާއެއްގެ މީހުން ބަލައިގެންފައިވާ މަޤްބޫލު ލަވައެކެވެ.

“އޯގާވާށޭ ކަލާ” ލަވައިން ފެނިގެންދާނީ ރިޝްވާން އާއެކު، އެލީނާ ކިޔާ ބޭރު އެކްޓްރެސް އެކެވެ. މިއީ ރިޝްވާންގެ ފުރަތަމަ އޮފިޝަލް ވީޑިއޯ ލަވަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top