ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރޭގެ ފަތިހުގެ ވަގުތެއްގައިި ލ. ފޮނަދޫއަށް ނަގޫރޯޅިއެއް އަރާ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ނަގޫރޯޅި އަރާފައިވަނީ މިއަދު ފަތިހު 04:30 ހާއިރުޢޭޥޭ. ނަގޫރޯޅީގެ އަސަރު ބޮޑަށް ކޮށްފައިވަނީ ފޮނަދޫ ބަރާސިލު އަވަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ. އެހެންނަމަވެސް އެރަށުގެ ބައެއް ގޭގެއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފުލުހުން ވިދާޅުވީ، މި ޙާދިސާއާއި ގުޅިގެން ފޮނަދޫގެ މީހުން ދިރިއުޅޭ 9 ގެއެއްގެ ފުރާޅު އެއްލާފައިވާއިރު، ފުރާޅު މައްޗަށް ގަސްތައް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ. އަދި އެރަށު ބަނދަރުގައި އޮތް ދެ ލޯންޗަކަށްވެސް އެކި ވަރުގެ ގެއްލުން ތައް ލިބިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން ބައެއް ގޭގޭގެ ފާރުވެސް ވެއްޓިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

https://www.facebook.com/muni.avas.77/videos/453950395411305/

ނަގޫރޯޅި އަރާފައިވަނީ ރަށުގެ ހުޅަނގު ފަރާތުންނެވެ. އަދި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު އެއްކޮށް އެއްލާލާފައިވާ އިރު، ބޮޑެތި ގަސްތައް ވެއްޓުމުގެ ސަބަބުންވެސް ގޭގެއަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން އެރަށުގެ ބަރާސިލް އަވަށުގެ ހަތަރު ވަރަކަށް ގޭގެ ފުރާޅު އެއްލާލާފައިވާ އިރު، އެއަވަށު ހުންނަ ބައްރު ޕްރީ ސްކޫލަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަޙްމަދު ރިޔާޒު ވިދާޅުވީ، މި ޙާދިސާގައި ބައެއް ގޭގޭގެ ފުރާޅު އެއްލާލުމާއި ރުއްގަސް ވެއްޓުން ފަދަ ގެއްލުންތައް ލިބިފައިވާކަމަށެވެ. އަދި ނަގޫރޯޅި އެރި ވަގުތަކީ ކޮންމެވެސް ވަރަކަށް ވާރޭވެހުނު ގަޑިއެއްކަމުން، ފުރާޅު އެއްލާލި ބައެއް ގޭގޭގެ ފަރުނީޗަރާއި ހިފާގެންގުޅޭ ސާމާނަށް ފެނުގެ އަސަރުކޮށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، މި ޙާދިސާގައި ބަރާސިލު އަވަށުގެ 12 ގެއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާކަމަށާއި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ކައުންސިލުގެ ފަރާތުން ފޯރުކޮށްދެމުންދާކަމަށެވެ. އަދި މަގުމައްޗަށް ވެއްޓިފައިވާ ރުއްގަސްތައް ނެގުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ގުޅިގެން ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދުވެސް ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މުޅިރާއްޖެއަށް ވައިޓް އެލާޓްވެސް ނެރެފައެވެ. އަދި ކަނޑުދަތުރު ކުރާ ފަރާތްތަކުންވެސް މޫސުމަށް ޙާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top