ދިވެހިބަހާއި ދިވެހި ތާރީޚާއި ސަޤާފީތަރިކަ ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ބަހާއި ތާރީޚާއި ސަގާފީތަރިކަ އަށް މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އުފައްދަވާފައިވާ މުއައްސަސާ އަކީ ދިވެހިބަހުގެ އެކެޑަމީ އެވެ. ނަމަވެސް ދިވެހިބަހުގެ އެކެޑަމީ އަށް ސަތޭކައިން ސަތޭކަ ދިވެހި ނަމެއް ކިޔައިފައި ނެތްކަމަށް ބުނެ، ގިނަ ބަޔަކު އެ މުއްސަސާއަށް ފާޑުކިޔަމުން އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.
ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިރާއްޖޭގެ ޤައުމީ ބަހަށް އިސްކަން ދިނުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އުފައްދާފައިވާ މުއަސްސާ އެކެވެ. އެހެންކަމުން މި މުއައްސަސާގެ މަޤްޞަދު ފުރިހަމަކުރުމަށްޓަކައި ބަހުގެ އެކެޑަމީން ގެންދަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަވަމުންނެވެ.
’ދިވެހިބަހުގެ އެކެޑެމީ‘ މި ނަމުގައި ’އެކެޑަމީ‘ ހިމަނާފައިވުމުން ފާޑުކިޔަމުން އަންނަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބިދާނެފަދަ ލަފުޒެއް، ބަހުގެ އެކެޑަމީން މިހާރު މިވަނީ އާއްމުކުރައްވާފައެވެ.

ބަސްކާޑު:-
ވިދާރާ (ނ) – މި ލަފުޒަކީ ނަމެކެވެ. ލަފުޒުގެ މާނަ ތިން ގޮތަކަށް ބަޔާންކޮށްފައި ވެއެވެ.
1. ވަކި ޚާއްޞަ ދާއިރާއަކުން ނުވަތަ ރޮނގަކުން އިލްމީ ދިރާސާތައް ކުރުމާއި އިލްމު ތަރައްގީކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ގާއިމުކޮށްފައި ހުންނަ މުއައްސަސާ.
2. ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް.
3. އެކެޑަމީ.
މިސާލު:-
1- ދިވެހި ބަހުގެ ވިދާރާ ހުންނަނީ ސޯސަންމަގުގައެވެ.
2- ކުޅިވަރު އިތުރަށް ކުރިއަރާނީ ކުޅިވަރު ވިދާރާތައް ހަރުދަނާކުރެވިގެންނެވެ.
މި ލަފުޒަށް ބަލައިލާއިރު މިއީ ކިޔައިލަން ފަސޭހަ ލަފުޒެކެވެ. ވައިގައި ފަސޭހައިން ހިފާނެކަމަށް ބެލެވޭ ލަފުޒެކެވެ. އުއްމީދަކީ ’ދިވެހިބަހުގެ އެކެޑަމީ’ގެ ނަން ’ދިވެހިބަހުގެ ވިދާރާ‘ އަށް ވެސް ބަދަލުވެގެންދާ ދުވަހެއް ފެނުމެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- ޢަލީ އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖުލައި 2025ޚަބަރު”ކަނބުލޮ“ ފިލްމުގެ ޓިކެޓް ބުކްކުރަން ހުޅުވާލައިފި
- 11 ޖުލައި 2025ޚަބަރުލޯބިން…؟ ހާދަ ވަރެއް؟
- 8 އޭޕްރިލް 2025ޚަބަރު”ސޮރީ“ ގެ ރަސްމީ ޓްރެއިލާ މިރޭ ނެރެނީ!
- 7 އޭޕްރިލް 2025ޚަބަރު”ލޯބިން“ އަށް އައު މޫނުތަކެއް ހޯދުމަށް ހޮވެއްޔެއް!




