ނޫކަށި ފުރައިގެ ދެ ޒުވާނުންނެވެ. ކައިވެނި ނުކޮށް ތިބެ ފާޙިޝްޢަމަލުތައް ކުރުމުގައި ޣަރަޤްވެފައިވާ ދެ ޒުވާނުންނެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް ފާޙިޝްޢަމަލުތައް ކުރުމަށް ބައްދަލުވިއެވެ. އެދުވަހު ޖެހިގެން ހުރި ގޭގައި ވަރަށް ބާރަށް ޤުރުއާން ޖަހާފައިހުއްޓެވެ. ފާޙިޝްކަމުގެ ކަނޑަށް ޣަރަޤްވުމުގެ ކުރިން ދެ ޒުވާނުން ދުނިޔަވީ ވާހަކައެއް ދައްކަން ތިއްބާ މި އާޔަތުގެ އަޑު އިވުނެވެ.
(یَسۡتَخۡفُونَ مِنَ ٱلنَّاسِ وَلَا یَسۡتَخۡفُونَ مِنَ ٱللَّهِ
އެއުރެން މީސްތަކުންނަށް ވަންހަނާވެގަނެތެވެ. އެކަމަކު، اللَّه ގެ حضرة އަށް އެއުރެންނަކަށް ވަންހަނާވެއެއް ނުގަނެވެތެވެ.
_سورة النساء
ކިޔަވަމުންދިޔަ ޤާރީ އަށް ކުރި އަސަރެއްގެ ބޮޑުކަމުން މި އާޔަތް ތަކުރާރު ކުރަމުންދިޔައެވެ. ދެ ޒުވާނުންގެ ގައިން ހީބިހި ނަގައިގަތެވެ. ދެ ޒުވާނުން އެހެންމީހުންނަށް ސިއްރުން ކުރަމުންދާ ފާފަތައް ދެނެވޮޑިގެންވާ ފަރާތެއްވާކަން ހަނދާންވެ، ދެ ލޯ ކަރުނައިން ފޯވިއެވެ. ދެ ޒުވާނުން ތައުބާވެ، އެ ފާފަ ތައް ކުރުން ހުއްޓާލިއެވެ.
المصدر: غيرني القرآن
