ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދައުވަތު”ގެ ޓިކެޓް ވިއްކުން މާދަމާ މެންދުރުފަހު ދޭއްޖަހާއިރު ފަށާނެ

ވީމީޑިއާގެ މުނިނިފޫހިފުލުވުމުގެ ޑިވިޝަނުން އެންމެ ފުރަތަމަ އުފައްދާފައިވާ ފިލްމު ”ދަޢުވަތު”ގެޓިކެޓް ވިއްކުން މާދަމާ (31 މެއި ހުކުރު) ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.

ފިލްމު ”ދަޢުވަތު” އެޅުވުމަށް ހަމަޖެހިފައިވަނީ ޖޫން 12ގަ އެވެ.

ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކޮށްފައިވާ ވީމީޑިއާގެ ފުރަތަމަ ފީޗާ ފިލްމު ”ދަޢުވަތު“ގެ މަސައްކަތް އެއްކޮށް ކަހަލަ ގޮތަކަށް ނިންމައިލެވިފާ ވާއިރު މިއީވެސް ޔޫއްޕެގެ އަމިއްލަ ސްކްރީންޕްލޭއަކަށް ހަދާފައިވާ ފިލްމެކެވެ.

ފިލްމު ”ދަޢުވަތު“ އަކީ ލޯބީގެ ބިރުވެރި ފިލްމެކެވެ. މީގެ ލީޑް ތަރިންނަކީ ”ނަފުރަތުވުމުން“ ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.

ދަޢުވަތު”ގެ ޖުމްލަ 15 ޝޯ ދެއްކުމަށް ހަމަޖެހިފައިވާއިރު، ޓިކެޓްގެ އަގަކީ 100 ރުފިޔާ އެވެ. ޓިކެޓް ހޯދުމަށް 7384040 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.

https://www.facebook.com/332159277599127/videos/619526741877903/

ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ ”ދަޢުވަތު“ ކެމެރާކޮށްފައިވަނީ އިބްރާހިމް މޫސާ އެވެ. މޭކަޕް ކޮށްފައިވަނީ ޙަސަން އާދަމް އެވެ.

މި ފިލްމުގައި ދައްކުވައިދޭނީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top