ދީނީ ސުވާލެއް އޮތީތަ؟
ރަހަފަތް
ޗީޒް ޕުޑިން – މުނިއަވަސް ރަހަފަތް

ޗީޒް ޕުޑިން އަކީވެސް ނިކަން މީރު، ފޮނި ކާނާ އެކެވެ. ޑެޒާޓެއްގެ ގޮތުގައި ބޭނުންކޮށްލަން ޗީޒް ޕުޑިން ވަރަށް ކަމުދާނެ އެވެ.

ބޭނުންވާނެ ތަކެތި:
– 8 ބިސް
– 1/2 ސަމުސާ ވެނީލާ އެެސެންސް
– 350ގ ކްރީމްޗީޒް
– 1/2 ޖޯޑް ހެވީކްރީމް
– 1 ދަޅު ގެރިކިރު
– 2 ސަމުސާ ކޯންފްލަރ
– 1/2 ޖޯޑު ހަކުރު
– 2 ސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:
– އެންމެ ފުރަތަމަ ޓްރޭއަށް ހަކުރާއި ފެން އެޅުމަށްފަހު ހަކުރުގަނޑު ރަތްވަންދެން މަޑުގިނީގައި ބަހައްޓާ ދޭފަތުން ހަލުވަމުން ދާށެވެ. ހަކުރު ގަނޑު ތައްޔާރުވީމާ ހިހޫވަންދެން ބަހައްޓާށެވެ.
– ތަށްޓަކަށް ކްރީމް ޗީޒް އެޅުމަށްފަހު ރަނގަޅަށް އެއްކުރާށެވެ. ދެން ގެރިކިރު، ހެވީ ކްރީމް އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– އެއަށްފަހު ވެނީލާ އެސެންސް އަދި ކޯންފްލާވެސް އެޅުމަށްފަހު އޮލަވަންދެން ގިރާލާށެވެ.
– މި ތައްޔާރު ކުރި ޕުޑިންގ ކުރިން ތައްޔާރުކޮށްފައިވާ (ހަކުރު ރަތްކޮށްފައިވާ) ޓްރޭއަށް އެޅުމަށްފަހު އަވަނުން ފިހެލާށެވެ.
– ޗީޒްޕުޑިންގް ތައްޔާރުކޮށް ނިމުނީއެވެ.
– މިޕުޑިން އެންމެ މީރުވާނީ ފްރިޖްގައި 2-3 ގަޑިއިރު ވަންދެން ބެހެއްޓުމަށްފަހު އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top