“ބަލައިގަންނާށޭ” ގެ ނަމުގައި އޯޓިޒަމް އަށް ހޭލުންތެރި ކުރުވުމަށް ދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިކޮނޮމިކްސް ޓީޗަރ ޢާލިމް މުޙައްމަދު އެކުލަވައިލި ކޮންސެޕްޓަށް ތައްޔާރުކޮށް އެ ސްކޫލުގެ ދަރިވަރުން ގެނެސްދިން ޑްރާމާ އަށް ބޭރުގެ ސަމާލުކަން ހޯދުމުގެ މަސައްކަތް އާލިމް ފަށައިފި އެވެ.
ޢާލިމްގެ 8 އަހަރުގެ ދަރިފުޅަކީ އޯޓިޒަމް ކުއްޖެކެވެ. މިޑްރާމާ ގެނެސްދިނުމުގައި އޭނާގެ ދަރިފުޅުގެ އުޅުމަށް ބަލައިގެން ވަރަށް ގިނަ ބައިތައް ހިމަނާފައި ވާކަމަށް ޢާލިމް ބުންޏެވެ. ޢާލިމް ބޭނުންވަނީ އިނގިރޭސި ސަބްޓައިޓްލް ހިމަނައިގެން އަލުން އެ ޑްރާމާ އަޕްލޯޑްކޮށް ބޭރުގެ ފަރާތްތަކުގެ ސަމާލުކަން ހޯދުމަށެވެ.
“އަހަރުމެން ސަބްޓައިޓްލް އާއެކު އަލުން މި ޑްރާމާ އެބަ އަޕްލޯޑް ކުރަން. ބޭނުންވަނީ ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަން ހޯދަން.” މުނިއަވަސް އަށް ޢާލިމް ބުންޏެވެ.
“ސަބްޓައިޓްލް ތައްޔާރުކޮށް ނިމިއްޖެ. ދެން އޮތީ އެޑިޓިން.” މިހާރު މަސައްކަތް ގޮސްފައިއޮތް ހިސާބު ޢާލިމް ކިޔައިދެމުން ބުންޏެވެ.
ޢަލީމް ބުނީ މި ޑްރާމާއަށް ލިބުނު މަޤްބޫލުކަމާމެދު ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.
“އަދިވެސް އިތުރު މެސެޖްތަކާ އެކު އާ ޑްރާމާ ތަކެއް އެބަހުރި.” ތަފާތް ސްޓައިލެއްގައި ‘ބަލައިގަންނާށޭ’ ޑްރާމާ ތައްޔާރުކުރި ޢާލިމް ބުންޏެވެ.
ޢާލިމްގެ މި އަގުހުރި ޑްރާމާގެ ސައުންޑާއި އެޑިޓިންގެ ހުރިހައި މަސައްކަތަކެއް ކޮށްފައިވަނީ ޙުސައިން ރަޝީދު އެވެ. ޢާލިމް ލިޔުނު ޑްރާމާ ސްކްރިޕް ފަށުވިކޮށް އަސަރުގަދަ ކޮށްދިނީ ޙުސައިން މަޢުރޫފް އެވެ. ‘ބަލައިގަންނާށޭ’ ޑްރާމާގައި އެކި ގޮތްގޮތުން ހިއްސާވި އެންމެންނަށް ޢާލިމު ޝުކުރު އަދާކުރެއެވެ.
ޢާލިމް ބުނީ މި ޑްރާމާ ސަބްޓައިލް އާއެކު ރާއްޖޭގެ ޓީވީތަކުން ދައްކަން ވެސް އޭނާ ބޭނުން ކަމަށެވެ. މީގެ އިތުރުން މި ޑްރާމާގެ ކޮންސެޕްޓާއި ކޮންޓެންޓް ބޭނުންކޮށްގެން ޓެލެޑްރާމާ އެއް ނުވަތަ ފިލްމެއް ތައްޔާރުކޮށްފައިވާތަން ދެކެން ވެސް ވަރަށް ބޭނުން ކަމަށް އޭނާ ބުންޏެވެ.
“ބަލައިގަންނާށޭ” ޑްރާމާ ފޭސްބްކް އަދި ޔޫޓިއުބަށް ވެސް އަޕްލޯޑްކޮށްފައިވާއިރު، މި ޑްރާމާ އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!