ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ދައުވަތުގެ”ގެ އޯއެސްޓީ މިހާރު “ލަވަފޮށި” އެޕުން އަޑުއެހޭނެ

އޮލިމްޕަހާއި ރާއްޖޭގެ ރަށްރަށުގައި ހައުސްފުލް ޝޯ ތަކެއް ދައްކަމުންދާ ބިރުވެރި ފިލްމު “ދައުވަތުގެ”ގެ އޮރިޖިނަލް ސައުންޑް ޓްރެކް މިހާރު “ލަވަފޮށި” އެޕުން އަޑުއަހައިލެވެން ހުރިކަން އެނގޭހެއްޔެވެ؟

ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ބިރުވެރި ފިލްމު “ދައުވަތު” ގެ އޮރިޖިނަލް ސައުންޑް ޓްރެކަށް ލަވަކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އުމަރު ޒާހިރު އެވެ. ‘ދެކޭހިތް ވާވަރުން‘ މި ލަވަ އަކީ ވަރަށް ހިތްގައިމު ލަވައެއް ކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ދައުވަތު” ގެ މުހިއްމު ރޯލްތައް ކުޅެފައި ވަނީ މަރިޔަމް އައްޒަ އާއި އަލީ އާޒިމް (ދޮންއައްޔަ)ގެ އިތުރުން އަހުމަދު އީސަ (އާނަންދު) އެވެ.

“ދައުވަތު” ގައި ދައްކުވައިދެނީ ކައިވެންޏަށް ފަހު ރާއްޖޭގެ ރަށަކަށް ހަނީމޫނަށް ދާ ޒުވާން ދެމަފިރިއަކަށް ސިހުރުހާރޫގައިގެ ސަބަބުން ދިމާވާ ހާދިސާތަކެކެވެ. މިއީ ޙަޤީޤީ ހާދިސާއަކަށް ބިނާކޮށް ކުޅެފައިވާ ފިލްމެކެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top