ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިގްތިސާދީ މައި ނާރެހަކަށް ލ. އަތޮޅު ތަރައްގީކުރަން ނިންމައިފި

ދިވެހިރާއްޖޭގެ އިގްތިސާދީ މައި ނާރެހެއްގެ ގޮތުގައި ލ. އަތޮޅު ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފި އެވެ. މީގެ އިތުރުން އައްޑޫ ސިޓީގެ ތަރައްގީގެ ބޮޑު މަޝްރޫއެއް އެކުލަވާލައި އެ މަޝްރޫޢުވެސް ސަރުކާރުން އިޢުލާނުކޮށްފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު މުހައްމަދު އިއާދު ހަމީދު މިއަދު ވިދާޅުވީ ލ. އަތޮޅަކީ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ބޭނުންވާ މަޝްރޫއުތައް ސަރުކާރުން މިހާރު ފާހަގަކުރަމުން ގެންދަވާ ކަމަށެވެ.

“ލ. އަތޮޅުވެސް ތަރައްގީކުރުމަށްޓަކައި ބޭނުންވާ މުހިންމު މަޝްރޫއުތައް މި ދަނީ ފާހަގަކުރަމުން. އަދި ލ. އަތޮޅުގެ މައި މަޝްރޫއެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދަން،” އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއާދު ވިދާޅުވި އެވެ.

ރާއްޖޭގެ އުތުރުގައި ވެސް މިފަދައިން ތަރައްގީކުރާނެ ދެ ސަރަހައްދެއް ފާހަގަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށްވެސް އިއާދު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ އިގްތިސާދީ، އިޖްތިމާއީ އަދި އުމްރާނީ ތަރައްގީއަށް އަމާޒުކޮށް އިއުލާނުކޮށްފައިވާ 6.3 ބިލިއަން ރުފިޔާގެ ބޮޑު މަޝްރޫއު، ދާދި ފަހުން ބޭއްވި މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަށްވެސް ސަރުކާރުން ހުށަހެޅި އެވެ.

އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ކޮމާޝަލް އަދި ރެޒިޑެންޝަލް ބޭނުމަށް 203 ހެކްޓަރުގެ ބިން ހިއްކުމާއި 25 ހެކްޓަރުގެ ހަތަރު ފަޅެއް ޓޫރިޒަމްގެ ބޭނުމަށް ހިއްކުމާއި ހިތަދޫގެ ބަނދަރު ތަރައްގީކުރުމާއި ގެދޮރު އެޅުމުގެ އިތުރުން ކުޅިވަރާއި އިޖުތިމާއީ އިންފްރާސްޓްރަކްޗަރު ގާއިމުކުރުން ހިމެނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top