ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“މާމުއި”ގެ ފޮނިކަން މިރޭ، ތައްޔާރުތަ؟

ޑާކްރެއިން އެންޓަޓެއިންމެންޓްގެ ބޮޑު ކޮމެޑީ ފިލްމް “މާމުއި” މިރޭ ރިލީޒްކުރުމަށް ކުޑަތަންވެފައިވާއިރު “މާމުއި” ގެ ހުރި ފޮނިކަން މިރޭ ފެނިގެންދާނެ އެވެ.

ރާއްޖޭގެ މަޝްހޫރު ތަރިންތަކެއްވެސް ހިމެނޭ ބޮޑު ކާސްޓަކާ އެކު މިރޭ “މާމުއި” ރިލީޒްކުރާއިރު މިރެއަކީ ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނަމުން އަންނަނީ “މާމުއި ބޯނީ ޖުލައި އެކެއްގައި ދޯ” މިހެން ކަމަށެވެ. މައްސަލައެއް ނެތެވެ. ހަމަ ގައިމުވެސް ބެލުންތެރީން މިހާރު ތިބޭނީ މިރޭ “މާމުއި” ބޯން ތައްޔާރަށެވެ.

މާމުއި” ފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ މޮގަރ ބުނީ މި ފިލްމުގައި މައި ރޯލުތަކުން 16 އަށް ވުރެ ގިނަ ފަންނާނުން ފެނިގެންދާނެ ކަމަށާއި މި ފިލްމަކީ ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްގެން އުފައްދާފައިވާ ފިލްމު ކަމަށެވެ. މޮގަރ އިތުރަށް ބުނީ މި ފިލްމާއިމެދު ކުރެވޭ އުއްމީދުވެސް އިންތިހާއަށް ބޮޑު ކަމަށެވެ.

ފިލްމުގެ ސިނެމަޓޯގްރާފީގެ މަސައްކަތް ކޮށްފައިވަނީ ޗިއްޕެ އާއި އަޙުމަދު ޝިނާނެވެ. ޝިނާން ވަނީ ޑާކް ރެއިންގެ އެހެން ގިނަ ފިލަމުތަކެއްގެ ސިނަމަޓޯގްރަފީ ހަދައި، އެ ސްޓޫޑިއޯއިން މި އަހަރު ނެރުނު ފުރަތަމަ ފިލްމު، ގޮށްރާޅު ޑައިރެކްޓްވެސް ކޮށްފައެވެ.

https://www.facebook.com/darkrainentertainment/videos/384441622144144/

އައިޝަތު ފުއާދު އަދި އަޙްމަދު ޠަލާލް ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ ”މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، އަޙްމަދު ސަޢީދު، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ. މީގެ އިތުރުން ”މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު ”މާމުއިގެ ޕްރިމިއާ ނައިޓްގެ ޓިކެޓު ވިއްކާފައިވަނީ 150 ރުފިޔާ އަށެވެ. އެހެން ރޭތަކަށް ޓިކެޓް ވިއްކަނީ މިހާރު ދިވެހި ފިލްމުގެ ޓިކެޓް ވިއްކާ ރަސްމީ އަގުކަމަށްވާ 100 ރުފިޔާ އަށެވެ.

https://www.facebook.com/darkrainentertainment/videos/857751191258072/

މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްތަކުގައި ”މާމުއި”ދެއްކުމަށް މިހާރުވެސް އެދެމުންދާކަމަށް މަޢުލޫމާތު ލިބެއެވެ. އަތޮޅުތެރޭގައި އެންމެ ފުރަތަމަ ”މާމުއި އެޅުވުމަށް ނިންމާފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި ޖުލައި 04 އަދި 05 ގައެވެ.

މި ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޑާކް ރެއިން އެންޓަރޓެއިންމަންޓްގެ ބާނީ މުޙައްމަދު އަލީ (މޮގަރ) އާއި އޭނާގެ އަންހެނުން އައިޝަތު ފުވާދު (ލޯކީ) އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top