ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރުގެ ލިޔުންތެރީންގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނާވިލު ލިޔުމުގެ އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަސައްކަތު ބައްދަލުވުން ބޭއްވުމުގެ މަޤްޞަދަކީ ދިވެހި އަދަބިއްޔާތަށް އިތުރު ފަހި ކަމެއް ލިބުމަށް މަގުފަހިކޮށްދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ހާމަކުރައްވައެވެ.

ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ޖުލައި 04 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކެޑަމީއަށް ފޯމު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ހުށައަޅާ ފޯމު މި އެކެޑަމީން ލިބެން ހުންނާނެ ކަމަށާއި ދިވެހިބަހުގެ އެކެޑަމީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވެން ހުންނާ ކަމަށްވެސް އެކަޑަމީން ހާމަކުރައްވައެވެ.

ނާވިލު ލިޔުމުގެ މަސައްކަތު ބައްދަލުވުމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ ދިވެހިބަހުގެ އެކެޑަމީގެ ނަންބަރު 3028018 ފޯނަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top