ދީނީ ސުވާލެއް އޮތީތަ؟
ރިޕޯޓް
ވަޒީފާއަށް ކުރިމަތިލިމުގެ ކުރިން ވިސްނައިލަންޖެހޭ ބައެއް ކަންކަން

ބަވަނަވަމުން، ކުރިއަރުން މިދާ ދުނިޔޭގައި އެންމެ ވާދަވެރި އެއް މާހައުލަކީ ވަޒީފާގެ މާހައުލެވެ. ކިޔަވައި ނިމޭދުވަހު ވަޒީފާއަށް ގެންދިޔުމަށް ބަލައި އައި ހަދާން ހުންނަ މީހުންތިބި ކަމުގައިވިއަސް މިހާރު ވަޒީފާއެއް ލިބުމަކީ “މާވަހަރެއް” ހޯދުންކަހަލަ ކަމެކެވެ. ވަޒީފާގެ މާހައުލަށް މީހާ ތައްޔާރުވެ، ވަޒީފާއެއް ހޯދުމަށް މިހާރު ކުރަންޖެހޭ މަސައްކަތަކީ “ވަކަރު ފެޅުމަށްވުރެވެސް” ބުރަ މަސައްކަތެކެވެ.

ކަންމިހެން ހުރުމާއިއެކު ތިމާ ބޭނުންވާ ވަޒީފާއަށް ނުވަތަ ވަޒީފާއަކަށް ކުރިމަތިލާއިރު ވިސްނަންޖެހޭ ބައިވަރު ކަންތައްތައް ހުރެއެވެ. މިފަހަރު އަޅުގަނޑު އަލިއަޅުވައިމިލަނީ މީގެ ތެރެއިން ބައެއް ކަންތައް ތަކަށެވެ.

އެންމެފުރަތަމަވެސް ވަޒީފާއަކަށް ކުރިމަތި ލުމުގެ ކުރީން ތިމާ ކުރިމަތިލުމަށް މިއުޅެނީ ކިހައިވަރެއްގެ ވަޒީފާއަކަށް ކަން ބަލަންޖެހެއެވެ. އެވަޒީފާއެއްގައި ތިމާ ކުރަންޖެހޭ ކަމަކީ ކޮބައިކަން ބަލައި އެކަމަށް އަހުލުވެރިވާން ޖެހޭނެއެވެ. ހަމައެއާއެކު އެވަޒީފާއެއް ތިމާއަށް ލިބިއްޖެނަމަ ތިމާގެ ތަސައްވަރަކީ ކޮބައިކަމާއި ތިމާގެ ފަރާތުން އެ އިދާރާއެއްގެ ކުރިއެރުމަށް ކުރާނެ ކަންތައްތަކަކީ ކޮބައިކަން ރަނގަޅަށް ދަންނަންވާނެއެވެ. އެކި މިޒާޖުގެ މީހުންނާއިއެކު މަސައްކަތް ކުރުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ދަންނަންވާނެއެވެ.

ތިމާ މިއަދާކުރަނީ ކޮންމެ ކަހަލަ ވަޒީފާއަކަސް ޤައުމީ ވާޖިބެއް ކަމަށް ދެކެންވާނެއެވެ. ތިމާ ފަރުވާކުޑަކޮށްލުމުން އޭގެ އަސަރު ނުވަތަ ގެއްލުން އެތައް ބަޔަކަށް ސީދާކޮންނާއި ނުސީދާކޮށް ކުރާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top