ފްރައިޑް ކެރެޓަކީ ބިޒީ ޝެޑިއުލްގައި އުޅުއްވާ ބޭފުންނަށް ގޭގައި ކެއުމަށް ތައްޔާރު ކޮށްލެވިދާނެ ފަސޭހަ އެއްޗެކެވެ. މިއީރޮށްޓާއެކު އަދި ބަތާއިއެކުވެސް ކެވިދާނެ މީރު، ތައްޔާރުކޮށްލަން ފަސޭހަ އެއްޗެކެވެ.
ބޭނުންވާނެ ތަކެތި:
– 1 ފިޔާ (ކުދިކޮށް ކޮށާފައި)
– 2 ލޮނުމެދު (ކުދިކޮށް ކޮށާފައި)
– 2 ހިކަނދިފަތް
– 1/2 ކިލޯ ކެރެޓު (ހިމަދިގުކޮށް ކޮށާފައި)
– 1/2 ކިލޯ ކޮށާފައިހުރި ކެބެޖް (ކެރެޓް ކޮށާފައި ހުރި ފުޅާމިނަށް ކޮށާފައި)
– 3 ސަމުސާ ސޯޔާސޯސް
– ރަހަލާވަރަށް ލޮނުކޮޅެއް
ތައްޔާރުކުރާނެ ގޮތް:
– ތެއްޔަށް ތެޔޮފޮދު އެޅުމަށްފަހު ފިޔާކޮޅާއި ހިކަނދިފަތާއި ގިތެޔޮމިރުސްކޮޅު އަޅައި ފިޔާކޮޅު މަޑުވެލަންދެން ކައްކާލާށެވެ.
– ފިޔާކޮޅު މަޑުވެލުމުން ލޮނުމެދުކޮޅު އަޅާލާށެވެ.
– ލޮނުމެދު ކޮޅު މަޑުވުމުން ކެރެޓް އަދި ކެބެޖް އެޅުމަށްފަހު ސޯޔާސޯސް އަދި ރަހަލާވަރަށް ލޮނުކޮޅެއް އަޅާލާށެވެ.
– އެއަށްފަހު މަޑުގިނީގައި 10މިނިޓް ވަންދެން ކައްކާލައްވާށެވެ.
– މިހާރު އެހެރީ ފްރައިޑް ކެރެޓް ތައްޔާރުކުރެވިފައެވެ.
