ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ތިން އަތޮޅެއްގެ ބައެއް ރަށްތައް ކޯޒްވޭއަކުން ގުޅައިލަނީ

ޕްލޭނިންގ މިނިސްޓްރީން ލ. އަތޮޅާއި ތ. އަތޮޅުގެ އިތުރުން މ. އަތޮޅުގެ ބައެއް ރަށްތައް ކޯޒުވޭއަކުން ގުޅައިލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ. އިއްޔެ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ މި ތިން އަތޮޅުގެ ބައެއް ރަށްރަށް ކޯޒުވޭއަކުން ގުޅައިލުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ޑިޒައިން މަސައްކަތް ބީލަމަށް ހުޅުވައިލާފައިވާކަމަށެވެ.

އެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހެޅުން އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ޕްލޭނިން މިނިސްޓްރީގައެވެ. އަދި މި މަސައްކަތާއިގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގައިޕްލޭނިން މިނިސްޓްރީގައި އޮންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.

މިބީލަމުގައިވާ ގޮތުން، ލ. އަތޮޅުން ގުޅުވާލަނީ އެ އަތޮޅު ކުނަހަންދޫ، ކަލައިދޫ، ދަނބިދޫ، ހިތަދޫ، އަދި މެންދޫއެވެ. މި ރަށްތަކުގެ ތެރެއިން، ހިތަދޫއާއި މެންދޫ ކޯޒްވޭއަށް 2.75 މިލިއަން ރުފިޔާ، ކަލައިދޫއާއި ދަނބިދޫ ކޯޒްވޭއަށް 2.6 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އަދި ކުނަހަންދޫއާއި މެންދޫ ކޯޒްވޭއަށް 2.3 މިލިއަން ރުފިޔާވަނީ ބަޖެޓްގައި ހިމަނާފައެވެ.

ތ. ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އާއި މ. މުލި އަދި ނާލާފުށި ކޯޒްވޭ ވެސް ބީލަމުގައި ހިމަނާފައިވެއެވެ. މި މަޝްރޫއުތަކުގެ ތެރެއިން، ވޭމަންޑޫއާއި ކިނބިދޫ ކޯޒްވޭ އަށް 2.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، މުއްޔާއި ނާލާފުށި ކޯޒްވޭ އަށް 2.675 މިލިއަން ރުފިޔާ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވެއެވެ.

މިތިން އަތޮޅުގެ ބައެއް ރަށްރަށް ކޯޒްވޭއަކުން ގުޅާލުމަށް ބޭނުންވާ ޑިޒައިން ތައްޔާރުކުރުމަށާއި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓަށް ބޭނުންވާ އެންވަޔަރަންމަންޓަލް ކޮންސަލްޓަންސީއާއި ރިޕޯޓު ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top