ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ޝަކުވާ އާއި ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް އިން ހުޅުވާލައިފި އެވެ.
އެންސީއޭ އިން ބުނީ ފަންނުވެރިންނަށް ކުރިމަތިވަމުންދާ މައްސަލަތަކާ ގުޅޭގޮތުން ޝަކުވާ ނުވަތަ ޚިޔާލު ހުށަހެޅޭނެ އިންތިޒާމު ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އިން މިހާރު ހަމަޖައްސާފައި ވާކަމަށެވެ.
އީމެއިލްގެ ޒަރީޢާއިންނާއި އެންސީއޭ އަށް ޝަކުވާ ނުވަތަ ޚިޔާލު ހުށައެޅުމުގެ ފޯމު ފުރިހަމަކޮށް ހުށައެޅުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ. އެގޮތުން ޝަކުވާ ނުވަތަ ޚިޔާލު ހުށަހަޅާ ފޯމު އެންސީއޭގެ ވެބްސައިޓް www.nca.gov.mv ންނާއި ރިސެޕްޝަނުން ލިބެން ހުންނާނެކަމަށް އެ ސެންޓަރުން ބުނެއެވެ.
ޝަކުވާ ނުވަތަ ޚިޔާލު ހުށަހަޅާ ފޯމު ފުރުއްވުމަށްފަހު [email protected] އަށް މެއިލް ކުރުމުގެ އިންތިޒާމުގެ އިތުރުން އެން.ސީ.އޭއަށް ފޮނުއްވައިގެން ފޯމު ހުށައެޅުމުގެ އިންތިޒާމުވެސް ހަމަޖައްސަވާފައިވެއެވެ.
