ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
“ބަވަތި”ގަ ވާގޮތް އެނގޭނީ އެންމެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގަ – އިއްލި

ސެޕްޓެމްބަރު 02ވަނަ ދުވަހުގެރޭ ރިލީޒްކުރުމަށް ކުޑަތަންވެފައިވާ ސަސްޕެންސް ތްރިލާ “ބަވަތި“ގައި ވާގޮތް އެނގޭނީ އެންމެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގައި ކަމަށް ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި) ބުނެފިއެވެ.

އައި ފިލްމްސް އިން އުފައްދާފައިވާ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” ލިޔެ ޑައިރެކްޓްކޮށްފައިވާ އިއްލެ މިހެން ބުނީ މުނިއަވަސް އާއި ދުވަސް އެމްވީއަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި މިމަހު 25ވަނަ ދުވަހުއެވެ.

https://www.facebook.com/349152015708227/videos/377556786488410/

“ބިރުވެރި ފިލްމެއް ނޫން. ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން ބިރުވެރި ފިލްމެއް ނޫންކަން. މިއީ ހަމަ ތްރިލާއެއް. މީގަ ވެގެންދާގޮތް އެނގޭނީ އެންމެ ފަހު ފަސްވަރަކަށް މިނެޓް ތެރޭގަ. އޭގެ ކުރިއަކުން ނޭނގޭނެ. ސަޕްރައިޒެއް ގޮތުގަ ބޭޢްވޭނީ.” ފިލްމު “ބަވަތި” އަކީ ކޮންކަހަލަ ފިލްމެއްތޯ މުނިއަވަސްގެ ނޫސްވެރިޔާ އަލީ ނިހާސް ކުރި ސުވާލަށް ޖަވާބުދެމުން ޑައިރެކްޓަރު އިއްލެ ބުންޏެވެ.

އިއްލެ އިތުރަށް ބުނީ ސަސްޕެންސް ހިފެހެއްޓުމަށްޓަކައި ފިލްމުގެ ތަރިންނަށް ސްކްރިޕްޓް ދިނީވެސް އެމީހެއްގެ ބައި އެކަނި ހިމެނޭގޮތަށް ކަމަށެވެ.

“ފިލްމުގަ އިފްނާޒްގެ ރައްޓެހިންގެ ބައިގަ އުޅޭ މީހުންނަކަށް އިފްނާޒް ރަށަކަށް ދިއުމަށްފަހުގަ ރަށުތެރޭ ވީކީއްކަމެއްވެސް، ނޫނީ ކައިވެންޏަށް ފަހު ގެއަށް އައިސް ދެންވީ ކިހިނެއް ކަމެއްވެސް ނޭނގޭނެ. އެމީހާއަށް އެނގޭނީ އެމީހާގެ ޑައިލޮގާ އެމީހާ ފިލްމަށް ދޭންޖެހޭ ކޮންޓްރިބިއުޝަން އެކަނި. އެވަރަށް ފިލްމުގެ ސަސްޕެންސް ހިފަހައްޓައިގެން އަހަރުން އުޅުނީ.” ފިލްމުގައި ސަސްޕެންސް ހިފެހެއްޓުމަށް ކޮށްފައިވާ މަސައްކަތްތައް ކިޔައިދެމުން ޑައިރެކްޓަރު އިއްލެ ފާހަގަކުރިއެވެ.

https://www.facebook.com/349152015708227/videos/467233240519993/

އިއްލެ ބުނީ ފިލްމުގެ ސްކްރިޕްޓް އެއްކޮށް އެނގިފައި އޮންނާނީ ފިލްމުގެ ލީޑް ކުޅޭ ނުޒުހަތު ޝުޢައިބު (ނުޒޫ) އަށާއި އަޙްމަދު އިފްނާޒް ފިރާޤް (އިފްނާޒް) އަށް އެކަނިކަމަށެވެ.

އިއްލެ 20 އަހަރުދުވަސް ވާންދެން ދެކެމުން އައި ހުވަފެން ހަޤީޤަތަކަށް ހެދުމަށް ފުރަތަމަ އުފެއްދި މި ފިލްމުގެ ޓިކެޓްވިއްކުން ވަރަށް ބާރަށް ކުރިއަށްދާއިރު، ފުރަތަމަ ޝޯގެ ޓިކެޓްއެއްކޮށް ވިކި ހުސްވެފައިވާކަމަށް މަޢުލޫމާތުލިބެއެވެ.

https://www.facebook.com/349152015708227/videos/2346772658896525/?v=2346772658896525

މި ފިލްމުގައި ދައްކައިދޭނީ އާއިލީ މައްސަލަތަކެއްގެ ތެރޭގައި ބޮޑުވަމުން އަންނަ ކުއްޖެއްގެ ދިރިއުޅުމުގެ ތެރެއަށް ރޫހާނީ ބާރެއް އައިސް ދިމާވާ ކަންތައްތަކެކެވެ.

ފިލްމު ކެމެރާކުރީ ކާމިޔާބު އެތަކެއް ފިލްމުތަކަކަށް ހިތްގައިމު ރީތި މަންޒަރުތަކެއް ނަގައިދީފައިވާ ވިޝާން (ކަނޑި) އެވެ. މިއުޒިކް ހެދީ މަޝްހޫރު މިއުޒީޝަން މިސްޓީ އެވެ. ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން އާއި ވިޝުއަލް މަސައްކަތް ކޮށްފައިވަނީ ’އޯކޭޒް އިންކް“ އެވެ.

ފިލްމު ”ބަވަތި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top