ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަންގަދު ބޭދީގެ ފިޓްނަސް ވޯކް އައުޓް ވީޑިއޯއިން ގިނަ ބަޔަކު މޯޓިވޭޓްކޮށްލައިފި

ކަސްރަތު ކުރުމާ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ލޯބިކުރާ މީހުން އެންމެ ގިނައިން ބަލަނީ ބޮލީވުޑްގެ ފިޓްނަސް ވީޑިއޯތައް ކަމާމެދު ޝައްކެއްވެސް ނެތެވެ. ބޮލީވުޑްގެ އެފަދަ ވީޑިއޯތަކުން މީހުން މޯޓިވޭޓްވެ ހަށިގަނޑުގެ ދުޅަހެޔޮކަމަށް ބަހައްޓާ ސަމާލުކަން އިތުރު ކޮށްދެއެވެ. ޓައިގަރ ޝްރޮފް، ޑިޝާ ޕަޓާނީ، ޝިލްޕާ ޝެޓީ އަކީ މި ދެންނެވި ފިޓްނަސް ވީޑިއޯތަކާއި ޑައިޓް ވީޑިއޯތައް ސޯޝަލް މީޑިއާ ތަކުގައި ހިއްސާ ކުރާ ބައެއް ތަރިންނެވެ.

‘ޒޯޔާ ފެކްޓަރ’ ގެ ތަރި އަންގަދު ބޭދީ އޭނާގެ ޖިމްގެ މަންޒަރެއް ދައްކުވައިދޭ ވީޑިއޯއެއް މިއަދު ވަނީ އިންސްޓަގްރާމްގައި ޝެއަރ ކޮށްފައެވެ. މި ވީޑިއޯގައި ވަރަށް ކުޅަދާނަ ކަމާއެކު އަންގަދުގެ ބޮކްސް ޖަމްޕް ކުރާ މަންޒަރު ފެނެއެވެ. އެ ވީޑިއޯ އަންގަދު ކެޕްޝަން ދީފައިވަނީ ‘#މަންޑޭ މޯޓިވޭޝަން ✊️😇’ މިގޮތަށެވެ.

އަންގަދުގެ ހަޔާތަށް ބަލާލާއިރު، އެންމެ ހައިރާންކުރުވަނިވި ކަމަކަށް ވީ ޕްރައިވެޓް ޕާޓީ އެއްގައި ކައިވެނި ކުރުމެވެ.

ނޭހާ ދޫޕިއާ އާއި އަންގަދު އަށް ފުރަތަމަ ދަރިފުޅު ލިބުނުކަން ވަާނީ އިއުލާން ކޮށްފައެވެ. އެމީހުން އުންމީދު ކުރި ފަދައިން އެމީހުންނަށް ލިބުނު އަންހެން ދަރިފުޅުގެ ފޮޓޯ އިންސްޓަގްރާމްގައި ހިއްސާ ކުރިއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top