ޔޫތް މިނިސްޓަރ އަހުމަދް މަހުލޫފް އިންޑިއާއަށް ކުރެއްވި ނުރަސްމީ ދަތުރު ފުޅުގެ ތެރެއިން އަމީތާބް ބައްޗަން އާ ބައްދަލު ކުރައްވައިފި އެވެ.
މި ބައްދަލު ވުމުގައި އިންޑިއާގެ ރިއަލިޓީ ޝޯވ ތައް ރާއްޖެ ގެނައުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅު ވެފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގައި އަމީތާބާ ބައްދަލު ވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށް އެމަނިކުފާނުގެ ޓުވީޓްގައި ވަނީ ވިދާޅު ވެފައެވެ. އަދި އަމީތާބަކީ ވަރަށް ހިތްހެޔޮ އޯގާތެރި ބޭފުޅެއްކަން ފާހަގަކުރައްވައި މިއަހަރުގެ ‘ދާދާ ސާހެބް ޕަލްކޭ އެވޯޑަށް’ ހޮވިފައި ވާތީ އަމީތާބަށް މަރުހަބާ ދަންނަވާފައި ވެއެވެ.
އަމީތާބަކީ ދިވެހިންގެތެރޭގައި ވަރަށް ގިނަބައެއްގެ ލޯބި ހޯދާފައިވާ އެކްޓަރެކެވެ. އަދި އިންޑިއާގެ ރިއަލިޓީ ޝޯ ތަކަކީ ދިވެހިންގެ މެދުގައި މަގުބޫލްކަން ލިބިފައިވާ ޝޯތަކެކެވެ.
