ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވިރާތު އާމެދު އަބަދުވެސް ފަޚުރުވެރިވަން: އަނުޝްކާ

ވިރާތު ކޯލީ އާއި އޭނާގެ އަނބިމީހާ އަނުޝްކާ ޝަރްމާ އަކީ އަބަދުވެސް ކުޅިވަރު އެވޯޑް ހަފްލާތަކަށް ގޮސް އުޅޭ ދެމަފިރިންނެވެ. އަނުޝްކާ ބުނެފައިވަނީ ފިރިމީހާ ވިރާތު އާމެދު ފަޚުރުވެރި ވާކަމަށާއި އެކަމުގައި ކިތަންމެ ސަބަބު ތަކެއް ވިރާތު ވަނީ ދައްކާފައި ކަމަށާއި، އެފަދަ ޙަފްލާތަކަށް ފިރިމީހާއެކު ދިއުމަކީ ވަރަށް އުފާވާ ކަމެއް ކަމުގައެވެ.

މީޑިއާގައި އަނުޝްކާ ބުނެފައިވަނީ ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް ކުރިއަށް ދިއުމުގެ ރޫޙާއި ޝައުގު ހުރި އެތުލީޓެއް ހުރި ނަމަ އެމީހަކަށް ސަޕޯޓް ކުރުމަކީ އެކަމުގައި އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމުގައެވެ. އޭނާ ބުނެފައިވަނީ ފިރިމީހާއަށް އަބަދުވެސް ސަޕޯޓް ކުރާ ކަމަށާއި އެކަމަށްޓަކައި ފިރިމީހާވެސް ވަނީ އަމިއްލައަށް އެކަން ކުރަން ޖެހޭކަމަށް ސާބިތު ކޮށްދީފައި ކަމަށެވެ.

ކުޅިވަރު ކުރިއެރުވުމާއި ކުޅިވަރަށް ސަޕޯރޓް ކުރުމަކީ މިއަދު އިންޑިއާގެ ކުރިއެރުމަށްޓަކައި ކުރުން ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް އަނުޝްކާ ވަނީ ބުނެފައެވެ.

އަނުޝްކާ ވަނީ އެ ހަފުލާގައި ފިރިމީހާއެކު ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top