‘އަކޭލޭ ހަމް އަކޭލޭ ތުމް’ އަކީ ހިތްގައިމު ފިލްމެއްގެ ހިތްގައިމު ލަވައެކެވެ. އިޝްޤީ ލޯބީގެ ވާހަކަތަކެއް މި ލަވައިގެ ޅެމުގައި ހިމެނިފައި ނުވިޔަސް ބައްޕަ އަކާއި ދަރިފުޅަކާއި ދެމެދުގައި ދެކެވޭ ވާހަކަތަކެއް މި ލަވައިގައި ގެނެސްދީފައިވަނީ ވަރަށް އަސަރުގަދަ ގޮތަކަށެވެ.
‘އަކޭލޭ ހަމް އަކޭލޭ ތުމް’ މި ފިލްމަކީ 1995 ގައި ނުކުތް ހިންދީ ލޯބީގެ މިއުޒިކަލް ފިލްމެކެވެ. އާމިރުޚާން އާއި މަނީޝާ ކޮއިރަލާ ލީޑް ރޯލް ކުޅެފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ މަންސޫރު ޚާން އެވެ. މިއުޒިކް ތައްޔާރުކޮށްފައިވަނީ އަނޫމަލިކް އެވެ.
މި ލަވައިގެ އަޑުގެވެރިންނަކީ އުދިތުނާރަޔަން އާއި އަދިތިޔާ ނާރަޔަން އެވެ. މި ލަވައިގައި ފެނިގެންދާ ކުޑަކުއްޖަކީ މާސްޓަރ އާދިލް އެވެ. ޅެން ހަދާފައިވަނީ މަޖްރޫހް ސުލްތާންޕުރީ އެވެެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި