ހޯމަ ދުވަހު ރިލީޒްކުރި މަރްދާނީ2ގެ ޓީޒަރގައި ރާނީ މުކަރްޖީ ފެނިގެން ދަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޝިވާނީ ޝިވާޖީ ރޯއީގެ ރޯލުންނެވެ. ޓީޒަރ ކުރުވެފައި ފިލްމާ ގުޅޭ މާ ބޮޑު ތަފްޞީލެއް ނެތް ނަމަވެސް ރާނީގެ ބިރު ކުޑަ ނުރައްކާތެރި ކުރިމަތިލުން ތަކެއް ފެނިގެން ދެއެވެ.
“ފިލްމުގެ އެންމެ މައިގަނޑު ވާހަކަ ތަކަކަށް ފެންނާނީ އަންހެނުންގެ ބާރުވެރިކަން ފާހަގަކޮށް އުފާ ފާޅުކުރުމުގެ ތެރެއިން ދުރްގާ ޕޫޖާ ދައްކާ ވަރުގަދަ ވާހަކަ ތައް” މަރްދާނީ2ގެ ބަޠަލާ ރާނީ މުކަރްޖީ ބުނެފައިވެއެވެ.
“މި ފިލްމުގައި ޝިވާނީގެ ރޯލުން ފެންނަ ރާނީ ކުރިމަތިލާނީ، 21 އަހަރުގެ ނުރައްކާތެރި ޑެވިލްއަކާ. އޭނާގެ އަމާޒަކީ އަންހެނުން.” ރާނީގެ ވާހަކައަށް އިތުރު ކޮށްލަމުން ފިލްމުގެ ޑައިރެކްޓަރ ގޯޕީ ޕުތްރަން ބުންޏެވެ.
13 ޑިސެމްބަރުގައި މި ފިލްމު ރިލީޒް ކުރުމަށް ތައްޔާރު ވަމުން ދާއިރު ފިލްމުގެ މަންޒަރުތައް ނަގާފައި ވަނީ ކޮޓާ އާއި ރާޖަސްތާންގެ ތަފާތު އެކި ތަންތަނުގައެވެ
