‘މަމްސް އެން.ޖީ.އޯ’ އިން ރާވައިގެން ކުރިއަށް ގެންދާ ދިވެހި އަންހެނުންގެ ‘މަމްސް އެކްސްޕޯ’ އަންނަ ހުކުރު ދުވަހު ފެށުމަށް އެ އެންޖީއޯއިން އަންނަނީ ތައްޔާރު ވަމުންނެވެ.
މި ހަރަކާތަކީ ދިވެހި އަންހެނުންގެ ވިޔަފާރިތަކާއި އަތްތެރި މަސައްކަތްތައް ދައްކާލުމަށް ބާއްވާ ހަރަކާތެކެވެ. ތަފާތު ވައްތަރުގެ ކާނާ އާއި ކްރާފްޓްގެ އިތުރުން އަންނައުނާއި ގަހަނާ ފަދަ ތަކެތި ހިމެނޭ ގޮތަށް ޖުމްލަ 70 ސްޓޯލް މި ޙަރަކާތުގައި ގާއިމުކުރާނެއެވެ.
މަމްސް އެންޖީއޯ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މަމްސް އެކްސްޕޯ އަކީ އަންހެނުންގެ ވިޔަފާރިތައް ދައްކާލުމާއި ވިޔަފާރި ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ބާއްވާ ހަރަކާތެކެވެ. މިއީ މަސައްކަތްކުރާ މައިންނަށް އަމާޒުކޮށްގެން ރާއްޖޭގައި ބޭއްވޭ މިފަދަ ބޮޑު އެކްސްޕޯއެވެ.
އޮންލައިން ޕްލެޓް ފޯމަކުން އައި މަމްސް އެންޖީއޯގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވަމުން ދާއިރު އެ އެންޖީއޯއިން މި ޙަރަކާތް ބޭއްވުމަށް މިހާރު ނިންމާފައި ވަނީ މާލޭގެ ބިލަބޮންގް ސްކޫލުގައި އަންނަ ހުކުރު އަދި ހޮނިހިރު ދުވަހުއެވެ.
