އައި ފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި” ހއ. ވަށަފަރު، ދިއްދޫ އަދި އުތީމަށް މި ހަފުތާ ބަންދުގައި ދައްކާނެއެވެ.
އައި ފިލްމްސް ބުނީ ވަށަފަރު، ދިއްދޫ އަދި އުތީމުގައި “ބަވަތި” ދައްކާނީ މިމަހު5،4،3 ގައެވެ. ފިލްމުގެ ޓިކެޓް ހޯދުމަށް9999117 އަށް ގުޅުމަށް ފިލްމު ދައްކާ ފަރާތުން އެދެއެވެ.
“ބަވަތި”ގެ އަންހެން ލީޑަކީ ކުރިއަރަމުން އަންނަ ބަތަލާ ނުޒުހަތު ޝުއައިބެވެ. އަދި ފިރިހެން ލީޑުން ފެނިގެންދަނީ ފީޗާ ފިލްމަކުން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވާ ބަތަލު އަހުމަދު އިފްނާޒް ފިރާގެވެ. ފިލްމުގެ ކެމެރާމަން އަކީ ކަނޑި އެވެ.
މާލެ އަދި ކާށިދޫގެ ހިތްގައިމު މާހައުލުގައި ފިލްމުގެ މަންޒަރުތައް ނަގާފައިވާ އިރު އެ ފިލްމަކީ ޒުވާން ދެމަފިރިއަކަށް ދިމާވާ ކަންތައްތަކެއް ފެނިގެންދާ ސަސްޕެންސް ތްރިލާ ފިލްމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!