އެންޓިމައިކްރޯބިއަލް ރެސިސްޓަންސް އަށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަން އެއް ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހާއްސަކޮށްގެން މިއަދު ބާއްވައިފި އެވެ.
މިސެޝަން ރާވާހިންގާފައިވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ”ޑަބްލިއު.އެޗް.އޯ“ އަދި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ. މިސެޝަންގައި 116 ދަރިވަރުން ބައިވެރިވެފައިވެއެވެ.
މައުލޫމާތު ދިނުމުގެ މިސެޝަންގައި އެންޓިބައޮޓިކް ރެސިސްޓެންޓަންސް އަކީ ދުނިޔެއަށް ދިމާވެފައިވާ ނުރައްކާތެރި ހާލަތެއްކަމާއި އެކަމުން ސަލާމާތް ވުމަށްޓަކައި ފަރުދީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ކުރެވިދާނެ ކަންތައްތައް ދަރިވަރުންނަށް ކިޔައިދެވުނެވެ. އަދި މިކަންހައްލުކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ހާމަކުރެވުނެވެ.

މިސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރ ޝާހް ޢަބްދުﷲ މާހިރުގެ އިތުރުން ޑަބްލިއު.އެޗް.އޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބު ޑރ.އަރަވިންދު މާތުރް އެވެ. މިބޭފުޅުންގެ ވާހަކަފުޅަށްފަހު އެންޓިމައިކްރޯބިއަލް ރެސިސްޓަންސްއާ ގުޅޭގޮތުން ”ސުވާލާއި ޖަވާބު“ ސެޝަންއެއްވެސް ކުރިއަށް ގެންދެވުނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




