އެންމެގިނަ ޓްވިޓަރު ފޮލޯވަރުން ބޮލީވުޑުން ލިބިފައިވާ ސެލެބްރިޓީއަކަށް ޝާހްރުކް ހިމެނިއްޖެއެވެ. ޓުވިޓަރުން 39 މިލިއަން ފޮލޯވަރުން ޝާހަށް ވަނީ ލިބިފައެވެ.
އައު މޭލުގަލަކަށް ވާޞިލުވެ މިވަގުތު ބޮލީވުޑުން އެންމެ ޓްރެންޑިން އެކްޓަރަކީވެސް ޝާހް އެވެ. ޝާހަށް ލިބިފައިމިވާ ކާމިޔާބީ އޭނާގެ ފޭނުން އަންނަނީ ފާހާގަކުރަމުންނެވެ.
ޝާހް ބޭނުންކުރަމުން އަންނަ މަޝްހޫރު ބުނުން، “މެއިނ ޚުދް ބޮލީވުޑް ހޫނ (ޚުދު އަހަންނަކީ ބޮލީވުޑް)” ވެސް މިވަގުތު ޓްވީޓްތަކުގައި ފަތުއަޑުކިޔާފައި ފާހަގަކުރަމުން އަންނަކަން ފާހަގަކޮށްލެއެވެ.
އިންޑިއާ އާއި ބޭރުގެ ޤައުމުތަކުގައިވެސް ޝާހް އަކީ މަޝްހޫރުކަން ލިބިފައިވާ ތަރިއެކެވެ. ޝާހްގެ ވާހަކަ އަކީ އެތައް މިލިޔަން މީހުން ހައިރާންކޮށްލުވާފައިވާ ބޮލީވުޑްގައި އެންމެ އާދަޔާޚިލާފް އެއް ވާހަކައެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއްގައި މަސައްކަތް ކޮށްފައިވާ ޝާހު އެންމެ ފަހުން ފެނިގެން ދިޔައީ “ޒީރޯ” އިންނެވެ.
