ދީނީ ސުވާލެއް އޮތީތަ؟
ވީޑިއޯ
ކުޗް އޭސޭ ބަންދަން ހޯތޭހޭ – ދިމާނަ

1977 ގައި ރިލީޒްވި ހިންދީ ފިލްމު ތަކުގެ ތެރެއިން ‘ފަރިޝްތާ ޔާ ޤާތިލް’ އަކީ ފާހަގަކޮށްލެވޭ ރީތި ފިލްމެކެވެ. މި ފިލްމުގެ ލަވަތަކުގެ ތެރެއިން ‘ކުޗް އޭސޭ ބަންދަން ހޯތޭހޭ’ އަކީ ފުން މާނައެއް އެކުލެވޭ ރީތި ލޯބީގެ ލަވައެކެވެ.

އެސް.އެމް އައްބާސް ޑައިރެކްޓް ކޮށްފައިވާ މި ލަވައިގައި ހަރަކާތްތެރިވެފައިވަނީ ރޭކާ އާއި ޝަޝީ ކަޕޫރެވެ. ލަވައިގެ އަޑުގެ ވެރިންނަކީ ލަތާ މަންގޭޝްކަރާއި މުކޭޝް އެވެ.

މި ލަވައިގެ ތަރުޖަމާ ދިވެހިބަހަށް ކޮށްފައިވަނީ އަލް އަޚް، އަލްއުސްތާޛް ޝަމްސުލް ފަލާޙް އެވެ. ލަވައިގެ ދިވެހި ސަބްޓައިޓްލްކޮށް އެޑިޓް ކުރީ ރިކާޒް ސްޓޫޑިއޯ އިންނެވެ.

ލަވަ: ކުޗް އެއިސޭ    ފިލްމް: ފަރިޝްތާ ޔާ ގާތިލް – ދިވެހި ސަބްޓައިޓްލް އާއި އެކު

ބައެއް (ގުޅުންތައް) އެކަހަލައެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ އެގުޅުންތައް،

އަޖަލަށްދަންދެން (މުޅިއުމުރަށް) ވޭން ދެއެވެ.

ބައެއް (ގުޅުންތައް) އެކަހަލައެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

މިގުޅުމަކީ ކޮންކަހަލަ ގުޅުމެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

މިގުޅުމަކީ ކޮންކަހަލަ ގުޅުމެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

އެއްވެސް މަސައްކަތަކާ ނުލައި ގުޅިލާމެހިފައިވާ ގުޅުމެކެވެ.

ކޮންމެވެސް އެއްދުވަހަކުން، މޮޔަ ދޫންޏެއްފަދަ މި ހިތް،

ވަރައާ ނުލައި އުދުއްސައިގަންނާނެއެވެ.

އިރުގައި އަތްލުމުގެ މަސައްކަތުގައި،

އިރުގައި އަތްލުމުގެ މަސައްކަތުގައި،

މި ދޫނީގެ ވަރަތައް އަނދައިގެން ދާނެއެވެ.

ލޯބީގެ އަނދަމުންދާ އިރުގެ އަލިކަމުގެ މަގުގައި،

ލޯބީގެ އަނދަމުންދާ އިރުގެ އަލިކަމުގެ މަގުގައި،

ފެންބޮވައިގެންފައިވާ ދެހިތް ބައްދަލުވެއެވެ.

އެއަށްފަހު މި އިރުގެ އަލިކަން ހިޔަލަށް ބަދަލުވެއެވެ.

އަދި، ނޭވާގައި މާތައް ފޮޅެމުން ދެއެވެ.

ބައެއް (ގުޅުންތައް) އެކަހަލައެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

މި ޚިޔާލީ ހުވަފެންތައް،

މި ޚިޔާލީ ހުވަފެންތައް،

ގިނަ ފަހަރަށް ހިތަށް މަކަރުހަދައި އޮޅުވާލައެވެ.

ބައެއް (ގުޅުންތައް) އެކަހަލައެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ އެގުޅުންތައް،

އަޖަލަށްދަންދެން (މުޅިއުމުރަށް) ވޭން ދެއެވެ.

އެކަހަލަ ބައެއް ގުޅުންތައް ވެއެވެ.

ނުގުޅުވިނަމަވެސް ގުޅިލާމެހޭ ގުޅުންތަކެވެ.

ތަރުޖަމާ: ފަލާޙް

 

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top