ޑާކްރެއިން އެންޓަޓެއިންމެންޓުން އުފައްދާފައިވާ އެންމެ ރީތި ފިލްމުތަކުގެ ތެރެއިން އެއް ފިލްމު ކަމަށްވާ ”ވަކިން ލޯބިން“ މިހާރު ބައިސްކޯފުން ބަލައިލެވޭނެއެވެ.
މީސްމީޑިއާ މެދުވެރިކޮށް މިކަން އާއްމުކޮށް އެންގުމަށްޓަކައި ފިލްމުގެ ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އާއި ބައިސްކޯފުން ސްޓޭޓަސް އެއް އާއްމުކޮށްފައިވެއެވެ.
”ދިވެހި ފިލްމު އެވޯޑްސް9“ ގައި ވެސް ވާދަކުރުމަށް ހުށައަޅާފައިވާ ”ވަކިން ލޯބިން“ އަކީ އައިޝަތު ފުއާދު ތައުފީގުގެ ސްކްރީން ޕްލޭ އަކަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަށްވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވުނު އަލީ ޝިފާޢު (ޗިއްޕެ) އެވެ.
މި ފިލްމުގެ އިސް ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، މަރިޔަމް މަޖުދާ އަދި ނުޒުހަތު ޝުއައިބު އެވެ. މި ފިލްމުގައި ބޭބީ އާޓިސްޓެއްގެ ވަރަށް ހުނަރުވެރި އެކްޓިންއެއްވެސް ފެނިގެންދެއެވެ.
”ވަކިން ލޯބިން“ އަކީ ރަނގަޅަށް ދަސްނުވެ، ކައިވެނި ކުރާ ޒުވާން ދެމަފިރިއަކަށް ދަރިއަކު ވެސް ލިބޭ ފަހުން ވަރިފަށަށް އެރުމުން ދިމާވާ ބޮޑު ހާދިސާއެއް ކިޔައިދޭ ފިލްމެކެވެ. މިއީ ގިނަ ޓްވިސްޓް ތަކެއް ފެނިގެންދާ ފިލްމެކެވެ.
މި ފިލްމުގެ ދެވަނަ ބައެއް 2020 ގައި ނެރުމަށް ނިންމާފައިވާކަމަށް ޑާކްރެއިން އިން ބުނެފައިވެއެވެ.
”ފިލްމުގެ ދެވަނަ ބައިން ހަމަ ޔަގީނުންވެސް ނުޒުހަތު އަށް ވީ ގޮތް އެނގިގެންދާނެ“ ފިލްމު ގެ ޕްރޮޑިއުސަރ ބުންޏެވެ.
”ފިލްމުގެ ގެންދާނެ ގޮތް މިހާރު ރާވައިފިން. އަސްލު ފިލްމު ބެލުންތެރިންނަށް ވަރަށް ބޮޑަށް ކަމުގޮސްފި. އެހެންވެ ފިލްމުގެ ދެވަނަ ބައެއް ނެރެން ނިންމީ. މި ބައިން ސުވާލު އުފެދުނު ކަންތައްތައް ދެވަނަ ބައިން ސާފުވެގެންދާނެ،“ މުޙައްމަދު ޢަލީ (މޮގަރ) ބުންޏެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 ޑިސެމްބަރ 2025ޚަބަރުއެމްއެފްއޭގެ ބޯޑު އެކުލަވައިލުމަށް އިލެކްޝަން ކޮމިޓީ އެކުލަވާލައިފި
- 22 ޑިސެމްބަރ 2025ޚަބަރު“އަލިފާން” އަދި “އަލްވަދާޢު” އަނެއްކާވެސް ސިނަމާއަށް!
- 21 ޑިސެމްބަރ 2025ޚަބަރު”މެރި ޒިންދަގީ ހޭ ތޫ“ އަށް ބޮޑު ރާޅެއް އަންނަން އުޅޭ ކަމުގެ އިޝާރާތެއް!
- 21 ޑިސެމްބަރ 2025ބިރުވެރިޝަމްހޫރިޝް – އެނބުރި އައުން




