ދިވެހި ފިލްމީ ސިނާޢަތަށް ތަފާތު އައު ކަންތައްތަކެއް ތަޢާރަފު ކުރަމުންގެންދާ ކާމިޔާބު ޕްރޮޑަކްޝަން ހައުސް، ޑާކްރެއިން އެންޓަޓެއިންމަންޓުން ލިޔުންތެރިން ހޯދަން އިޢުލާނުކޮށްފިއެވެ.
ޑާކްރެއިން އެންޓަޓެއިންމަންޓުން އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ލިޔުންތެރިކަމުގައި ކުރިއަރައި ދިއުމުގެ ހުވަފެން ދެކެމުން އަންނަ ލިޔުންތެރިންނާއި އެކުގައި އެ ޕްރޮޑަކްޝަން ހައުސް އިން މަސައްކަތްކުރަން ބޭނުންކަމަށެވެ. މީގެ އިތުރުން އެ ޕޯސްޓްގައި ބުނީ ޑާކްރެއިން އެންޓަޓެއިންމަންޓު ‘އިމްޕްރެސް’ ކޮށްލާ ފަރާތްތަކަށް ފިލްމާއި އާޓްގެ ދާއިރާއިން ފާގަތި ކުރިމަގެއް ދައްކާނެ ކަމުގެ ޔަޤީންކަން ދީފައިވެއެވެ.
މަޢުލޫމާތު ލިބިޭގޮތުން ޑާކްރެއިން އެންޓަޓެއިންމަންޓުން ހޯދަނީ ސްކްރީން ރައިޓަރުންނާއި ފިލްމު ސްްކްރިޕްޓް ރައިޓަރުންނެވެ.
ޝައުޤުވެރިވާ ފަރާތްތަކުން ފުރިހަމަ ނަން، އުމުރު އަދި ގުޅޭނެ ނަންބަރެއް ޖެހުމަށްފަހު ޑާކްރެއިން އެންޓަޓެއިންމެންޓްގެ [email protected] އީ މެއިލް އެޑްރެހަށް މެއިލް ކުރުމަށް އެ ސްޓޫޑިއޯ އިން އެދެއެވެ.

ޑާކްރެއިން އެންޓަޓެއިންމެންޓުން ލިޔުންތެރިން ހޯދުމަށް ކޮށްފައިވާ ޕޯސްޓް
ޑާކްރެއިން އެންޓަޓެއިންމަންޓްން އުފައްދަމުން އަންނަ ފިލްމު ތަކުގައި ގިނަ އާ މުނުތަކެއް ތައާރަފުކުރަމުން އަންނައިރު، އެތަނުން އުފައްދާ ފިލްމުތަކަށްވެސް އަންނަނީ ބޮޑު ކާމިޔާބީ ތަކެއް ލިބެމުންނެވެ. އެގޮތުން އެމީހުން އެންމެ ފަހުން ރިލީޒްކުރި ފިލްމު “މާމުއި”ގެ 19 ޝޯ އޮލިމްޕަހުގައި ދެއްކިއިރު 18 ޝޯ ހައުސްފުލްވިކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 30 އޭޕްރިލް 2025ޚަބަރުމިއަދު އެލިމިނޭޝަން ބުރުގައި “ޓޫ އޮފް އަސް” ގެ ފުރަތަމަ ހުށައެޅުން
- 29 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުން އަބަދަށް ހަނދާންހުންނަ ވަރުގެ ކަންތައްތަކެއް!
- 28 އޭޕްރިލް 2025ޚަބަރުމާދަމާރޭ “ސޮރީ” ގެ ޓިކެޓް ވިއްކަން ފަށަނީ
- 28 އޭޕްރިލް 2025ޚަބަރުބެޓްލް އޮފް ބޭންޑްސްގެ އެލިމިނޭޝަން ބުރު ފަށައިފި