ވީމީޑިއާގެ މުނިނިފޫހިފުލުވުމުގެ ޑިވިޝަނުން އެންމެ ފުރަތަމަ އުފައްދާފައިވާ ފިލްމު ”ދަޢުވަތު”ގެ ކާމިޔާބު ޝޯތަކެއް ޖޫން 12އިން ފެށިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދައްކަމުންދާއިރު، ޖުލައި 12އިން ފެށިގެން މި ފިލްމު ހުޅުމާލެ ޝްވެކް ސިނަމާގައި ދައްކަން ފަށާނެ ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެފިއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް އުފައްދަމުން އަންނަ އެކްޓަރ ޑައިރެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު ”ދަޢުވަތު”މިއީ ލޯބީގެ ބިރުވެރި ފިލްމެކެވެ.
”ދަޢުވަތު”ގެ ލީޑް ތަރިންނަކީ ”ނަފުރަތުވުމުން“ ގެ ވެސް ތަރިން ކަމަށްވާ އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މުޙައްމަދު ފައިސަލް، އާމިނަތު ޒިޔާދާ ވެސް މި ފިލްމުގައި ހަރަކާތްތެރިވެއެވެ.
ގިނަ ބަޔަކު ޤަބޫލުކުރާގޮތުން މިއީ މިހައިތަނަށް ބެލުނު އެންމެ އިބްރަތްތެރި ދިވެހި ފިލްމެވެ. “ދަޢުވަތު“ގެ ޓިކެޓް ހޯދުމަށް 3338998 އަށް ގުޅުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އެދެއެވެ.
ބ. ދަރަވަންދޫގައި ޝޫޓްކޮށްފައިވާ “ދަޢުވަތު” ކެމެރާކޮށްފައިވަނީ އިބްރާހިމް މޫސާ (ދަބާ) އެވެ. މޭކަޕް ކޮށްފައިވަނީ ޙަސަން އާދަމް އެވެ.
މި ފިލްމުގައި ދައްކުވައިދޭނީ ލޯބި ހާސިލު ކުރަން ސިހުރުހާހޫރަ ފަދަ ކަންކަން ކުރުމުން ކުރިމަތިވާ ބިރުވެރި ކަންތައްތަކެއް ކަމަށް މަޢުލޫމާތު ލިބެއެވެ.
“ދަޢުވަތު” ގެ ކާމިޔާބު ޝޯތަކެއް ދައްކަމުން އަންނައިރު، މިމަހު ހަތަރުވަނަ ދުވަހުގެ ރޭ ރާއްޖޭގެ 20 ރަށެއްގައި މި ފިލްމު ދެއްކިއެވެ. މިއީ ދިވެހި ފިލްމެއް ރާއްޖޭގެ އެންމެ ގިނަ ރަށުގައި އެއްފަހަރާ ދެއްކި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!