ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ނިއުމާގެ ފިލްމީ ރިހިޔޫބިލް ފާހަގަކުރުމުގެ ހަފްލާ ބާއްވައިފި

ރާއްޖޭގެ ފިލްމީ އުދަރެހުގައި އެންމެ އަލިގަދަ ތަރި، ފިލްމީ ދާއިރާގެ ރާނީ ނިޢުމާ މުޙައްމަދުގެެ ފިލްމީ ހަޔާތަށް 25 އަހަރު ފުރުމުގެ ރިހިޔޫބިލް ހަފުލާ ރޭ ބާއްވައިފިއެވެ. މި ހަފުލާ ޝަރަފުވެރިކޮށްދެއްވުމަށް ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގެންނެވިއެވެ.

ހޮޓެލް ޖެން ގައި “ސެލެބްރޭޓިން 25″ގެ ނަމުގައި ނިޢުމާ މުޙައްމަދު ބޭއްވި ޚާއްޞަ އިވެންޓްގައި ނިޢުމާގެ ފޭނުންނަށް ވަރަށް ޚާއްޞަ 3 ސަޕްރައިޒެއް ދޫކޮށްލިއެވެ. އެގޮތުން ނިއުޒޯ ޕްރޮޑަކްޝަންގެ ފަރާތުން ޕްރޮޑިއުސްކޮށް ގެނެސްދޭން ނިންމާފައިވާ “ކަޅަކި” ފިލްމުގެ ޓީޒާއެއް ރިލީޒްކުރިއެވެ. މީގެ އިތުރުން ރަވީ ޑައިރެކްޓްކޮށް ނިއުޒޯ ޕްރޮޑަކްޝަނުން ގެނެސްދޭ ފިލްމު “ގޯނާ”ގެ ޓީޒަރ އެއް ރިލީޒްކުރުމާއި ބައިސްކޯފާއި ގުޅިގެން ނިޢުމާގެ ޓޯކް ޝޯއެއް ކުރިއަށް ގެންދަން ނިންމާފައިވާކަން އިޢުލާނުކުރިއެވެ. މި ޓޯކް ޝޯގެ ނަމަކީ “ރީލް ޓު ރިއަލް ވިތު ނިޢުމާ” އެވެ.

“ރީލް ޓު ރިއަލް ވިތު ނިޢުމާ” ޓޯކް ޝޯ އަކީ ސެލެބްރިޓީން ތަހައްމަލުކުރަމުން އަންނަ ކަންތައްތައް ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޝޯއެއްކަމަށް ނިޢުމާ ބުންޏެވެ. މިއީ ހަފުތާއަކު އެއް ފަހަރު ގެނެސްދޭނެ ޝޯއެއް ކަމަށް ވެސް ނިޢުމާ ބުންޏެވެ.

ފިލްމީ ދާއިރާގެ ގިނަ ޢަދަދެއްގެ ފަންނާނުންނާއި ސަރުކާރުގެ ބައެއް ޢިއްޒަތްތެރީންގެ އިތުރަށް މީޑިއާތައް ބައިވެރި މި ހަފުލާގައި ނިޢުމާގެ ވަރަށް އަސަރުގަދަ ސްޕީޗެއް ދީފައިވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު
Thaali6 އަހަރު ކުރިން

Thihurihaa faisaaeh thalhaa nunuruvaa 25 aharu vandhe kurevun hurihaa faafa akah thaubaavaan hajjah dhiyanama ves kihaa rangalhu

ފަހުގެ ޚަބަރު
Home
Menu
Search
Back to top