ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފްރޯޒަންގެ ދެވަނަ ބަޔަށް ޕްރިޔަންކާއާއި އޭނާގެ ކޮއްކޮ އަޑުއަޅަނީ

މަޝްހޫރު ކާރޓޫނު ފިލްމް ފްރޯޒަން 2 ގެ ހިންދީ ވާރޝަން އަށް ޕްރިޔަންކާއާއި އޭނާގެ ކޮއްކޮ ޕަރިނީތީ ޑަބްކުރަން ނިންމައިފިއެވެ.

މިކަން ހާމަކޮށް ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވާގޮތުން ކުއީން އެލްސާގެ ކެރެކްޓާއަށް އޭނާ އަޑުއަޅާއިރު އެލްސާގެ ކޮއްކޮ ކަމަށްވާ އަނާގެ ކެރެކްޓާއަށް އަޑުއަޅާނީ ޕްރިޔަންކާގެ ކޮއްކޮ ޕަރިނީތީ އެވެ.

ބޮލީވުޑްގެ މަޝްހޫރު މިދެބެން އެކުގައި ފިލްމެއްގައި މަސައްކަތް ކުރާނެ އިރަކަށް މިދެބެންގެ ފޭނުން ކުރަމުންދާ އިންތިޒާރަށް ދާދި އަވަހަށް ނިމުން އަންނާނެ ކަމަށް ޕްރިޔަންކާ އިއުލާނު ކުރުމާއެކު، ފްރޯޒަން 2 ގެ ހިންދީ ވާރޝަން އަށް ފޭނުންދަނީ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ދެބޭން އެކުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން ދެބޭން ވެސް އެކަމާ އުފާފާޅުކުރަމުން ދާއިރު އެންމެ އުފާވަނީ ހަގީގީ ދިރިއުޅުމުގައިވެސް ކޮއްކޮ، ފްރޯޒަން ފިލްމްގައި ވެސް ކޮއްކޮގެ ބަޔަށް އަޑު އަޅާތީކަމަށް ޕްރިޔަންކާ ވަނީބުނެފައެވެ. ހަމަ އެހެންމެ ފްރޯޒަން އަކީ އެންމެ މަގުބޫލު ކާރޓޫނު ކަމަށާއި އެއަށްވުރެ ވެސް އުފާ ވަނީ ޕްރިޔަންކާއާއި އެކީ މަސައްކަތް ކުރަން ލިބުމުން ކަމަށް ޕަރިނީތީ ވެސް ވަނީ ބުނެފައެފެ.

ފްރޯޒަން 2 ތިއޭޓަރުގައި އެޅުވުމަށް ހަމަޖެހިފައި މި ނޮވެމްބަރ މަހުގެ 22 ވަނަ ދުވަހުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top