ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ސަލްމާން ފޭނުންނަށް ދިން ސަޕްރައިޒް “ރާދޭ”

ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ ސަލްމާން ޚާން އަކީ އަބަދުވެސް އޭނާގެ ފޭނުންގެ އިހުސާސްތަކަށް އިހްތިރާމް ކުރާ އެކްޓަރެކެވެ. އަންނަ ޑިސެމްބަރ މަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ދަބަންގް 3 އާއި ބެހޭ ގޮތުން ޑައިރެކްޓަރ ޕްރަބޫ ދޭވާ އާއި އެކު ނޫސްވެރިންނާ ބައްދަލު ކުރަމުން ސަލްމާން ޚާން ވަނީ ފޭނުންނަށް ސަރޕްރައިޒެއް ދީފައެވެ.

“ދަބަންގް އަށްފަހު ދެން އެންމެ އަވަހަށް އަންނާނީ ކޮންފިލުމެއްތޯ؟ ކޮން އިރަކުތޯ އެއީ ސުވާލަކީ… އާން މިއީ ޖަވާބު… ރާދޭގެ އީދެއް” ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ސަލްމާން ބުންޏެވެ. “ރާދޭ” އަކީ އަންނަ ފިޠުރު ޢީދު ހަދިޔާއެއްގެ ގޮތުގައި ޢީދާ ދިމާކޮށް ނެރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ކުޅަދާނަ ޑައިރެކްޓަރ ޕްރަބޫ ދޭވާ އާއެކު ދަބަންގް 1 އަދި 2 ވަނީ ބޮކްސް އޮފީހުގައި ރަސްކަންކޮށްފައެވެ. އަދި މި އަންނަ ޑިސެމްބަރ 20 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ދަބަންގް 3 ކަށް ބެލުންތެރިން އަންނަނީ އިންތިޒާރު ކުރަމުންނެވެ.

ހަމައެހެންމެ ސަލްމާންގެ “ރާދޭ” އަށް ބެލުންތެރިން މިހާރު ދަނީ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންނެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top