އިންޑިއާގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އަދަބީ މަހާސަމާގައި ދެކުނު އޭޝިއާ ސަރަހައްދުގައި ހިމެނޭ އެންމެ ފާހަގަކުރޭ ލިޔުންތެރީންނާއި ޅެންވެރީން، ތަރުޖަމާނުންނަށް ދޭ އެވޯޑު، ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީއަށް ލިބިވައިޑައިގެންފިއެވެ.
އިއްޔެ އިންޑިއާގެ ނިއު ދިއްލީގައި ފެށި މަހާސަމާއަކީ ސާކު ގައުމުތަކުގެ ލިޔުންތެރީންނާއި އަދަބިއްޔާތާ ބެހޭ ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މަހާސަމާއެކެވެ. މިމަހާސަމާ މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
ސާކް ލިޓަރަރީ އެވޯޑް ދޭން ފަށާފައިވަނީ 2001 ވަނަ އަހަރެވެ. މިއީ ރާއްޖޭގެ ފަރާތެއް މި އެވޯޑް ހާސިލް ކުރި ދެވަނަ ފަހަރެވެ. ކުރިން މި އެވޯޑް ހާސިލްކޮށްފައިވަނީ 2011 ވަނަ އަހަރު އިބްރާހިމް ވަހީދެވެ.

ލިޓަރަރީ އެވޯޑް އަޝްރަފަށް ލިބިވަޑައިންނެވުމުން އާޓްސް އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ އޭނާއަށް މަރުހަބާ ދަންނަވާފައެވެ. އަދި މީގެ އިތުތުންވެސް ގިނަބަޔަކުދަނީ އަޝްރަފަށް މަރްހަބާ ދަންނަވަމުންނެވެ.
