ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
​”ހައުސް ފުލް ހަތަރެއް” ސްކްރީނަށް އަންނަން ބާކީ ތިން ދުވަސް

“ހައުސް ފުލް 4” ރިލީޒްކުރުމަށް ތިން ދުވަހަށް ގާތްވެފައި ވާއިރު، ފިލްމުގެ ތަރި އަކްޝޭ ކުމާރް އަދި އޭނާގެ ޓީމުން ފިލްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް ގެންދެއެވެ. މީސް މީޑިއާގެ މަންސަތަކުގައި ފިލްމުގެ އިޝްތިހާރު ވީޑިއޯތައް އާންމުކޮށް، ބެލުންތެރިންގެ ތަރުހީބު ހޯދުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ޓީމުން އަންނަނީ ކުރަމުންނެވެ.

މިގޮތުން އަކްޝޭ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަށް ތިން ލައްކަ އަށް ވުރެ ގިނަ ލައިކް ވަނީ ލިބިފައެވެ. 

ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ‘ހައުސް ފުލް’ގެ ހަތަރުވަނަ ބައިގެ ތަރިންނަށް ބަލާއިރު ރިތޭޝް ދޭޝްމުޚް، ބޮބީ ޑިއޯލް، ކްރީތީ ސަނޯން، ޕޫޖާ ހެގްޑީ، ކްރިތީ ޚަރްބަންދާގެ އިތުރުން ޗަންކީ ޕާންޑޭ އަދި އަކްޝޭ ކުމާރު ހިމެނެއެވެ.

ފިލްމުގެ ޓީމުން ފިލްމު އިޝްތިހާރު ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށް ގެންދެއެވެ. ފަރްހާދް ސާމްޖީ ޑައިރެކްޓު ކުރި މި ފިލްމުގެ ޓްރެއިލަރަށް ބެލުންތެރިންގެ ބޮަޑު ތަރުހީބެއް ލިބިފައި ވާއިރު، އޮކްޓޯބަރ 25 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރު ވެފައިވާ މި ފިލްމަށް އެދެވޭ ބޮޑު ތަރުހީބެއް ލިބިގެން ދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top