ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ޒަލަޓާން އިބްރަހިމޮވިޗް ސްޕެއިންގެ ލަލީގާއަށް؟

މަޝްހޫރު ފުޓްބޯޅަ ތަރި ޒަލަޓާން އިބްރަހިމޮވިޗް ސްޕެއިންގެ ލަލީގާ ގެ ކުލަބަކުން ފެނިދާނެކަމުގެ އިޝާރާތެއް އޭނާ ދީފިއެވެ. 

ކުރިން ސްޕެއިންގެ ބާސެލޯނާއަށް ކުޅެފައިވާ ހުނަރުވެރި ފޯވާޑް އޭނާގެ އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ސްޕެނިޝް ބަހުން ސްޕެއިންގެ ރައްޔިތުންނަށް ސަލާމް ގޮވާލުމަށްފަހު ބުނެފައިވަނީ” އަހަރެން އެނބުރި އެބަދަން.”  މިހެންނެވެ.

އެމެރިކާގެ މޭޖާ ލީގު ސޮކާގެ ލޮސް އެންޖަލިސް ގެލެކްސީ އަށް ކުޅެމުންދާ އުމުރުން 38 އަހަރުގެ ހުނަރުވެރި ފޯވާޑް އެކުލަބާއެކު ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހަމަވާނެއެވެ. 

ޒަލަޓާން އިބްރަހިމޮވިޗް ލޮސް އެންޖަލިސް ގެލެކްސީ ގައި ހޭދަކުރި 2 އަހަރުތެރޭގައި 56 މެޗުން 52 ގޯލް ޖަހާފައިވާއިރު ފިނިމޫސުމުގެ ޓްރާންސްފަރ ބާޒާރުގައި އޭނާ ޔޫރަޕުގެ ކުލަބަކަށް ބަދަލުވާނެކަމުގެ އަޑުތަކެއް މީގެ ކުރިން ވެސް ވަނީ ފެންމަތިވެފަ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top