މަޝްހޫރު އެކްޓްރެސް އައިޝްވާރިޔާ ބައްޗަންގެ އުފަން ދުވަސް ރޯމްގައި ފާހަގަ ކޮށްފިއެވެ.
ފިރިމީހާ އަބީޝޭކް އަދި އަންހެން ދަރިފުޅު އާރަދިޔާ ބައްޗަން އާ އެކު އައިޝްވާރިޔާ ދިރިއުޅެނީ އިޓަލީގެ ވެރި ރަށުގައެވެ. މި އުފާވެރި ދުވަހު މަންމަ އާއި ބައްޕަގެ މަތިން ހަނދާންކޮށް އައިޝްވާރިޔާ ވަނީ އެ ދެމީހުންގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. މި ޕޯސްޓްގައި މަންމަ އާއި ބައްޕަ ދެކެ ލޯބިވާ ވާހަކައިގެ އިތުރުން އެ ދެމީހުން ވެފައިވާ ގުރުބާނީތަކަށް ޝުކުރު އަދާކޮށް ކެޕްޝަން ކޮށްފައިވެއެވެ.
ރޯމްގަ އޮތް މި ހަފްލާގައި އައިޝްވާރިޔާ ބައިވެރިވީ ސިންދްރެއްލާ ބޮޑު ހެދުމެއްގައެވެ. އައިޝްވާރިޔާ ގެ މި ފެނިލުމުން، ހަފްލާއަށް ހާޒިރުވި އެންމެން ހައިރާންކުރުވިއެވެ.
އައިޝްވާރިޔާގެ މަސައްކަތުގެ ފަޅިއަށް ބަލާއިރު، މަނީ ރަތުނަމްގެ ފިލްމް ‘ޕޮންނިޔިން ސެލްވަން’ އިން ވަރަށް އަވަހަށް ފެނިގެން ދާނެ ކަމަށް ހަބަރުތައް ލިބެއެވެ.
