ދީނީ ސުވާލެއް އޮތީތަ؟
ކުޅިވަރު
ލެވާންޓޭ އިން ބާސާ އަށް ބޮޑު ޝޮކެއް ދީފި

ސްޕެއިންގެ ލަލީގާ ގައި ލެވާންޓޭ އަދި ބާސެލޯނާ ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލެވާންޓޭ އިން ބާސެލޯނާ އަށް ހާސްކަން ކުރިމަތިކުރުވައިފިއެވެ. 

ލެވާންޓޭގެ ދަނޑުގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލް އަދި މެޗުގެ ފުރަތަަމަ ގޯލް 38 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މެސީ އެވެ. މި ޕެނަލްޓީ އަކީ ބާސެލޯނާގެ ޑިފެންޑަރު ނެލްސަން ސެމީޑޯ އަށް ލެވާންޓޭގެ ކުޅުންތެރިޔެއް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ގިނައިރު ބޯޅަ ހިފަހައްޓައިގެން ބާސެލޯނާ މޮޅަށް ކުޅެމުންދިޔަ ނަމަވެސް މާގިނަ ހަމަލާތަކެއް އުފެއްފޭގޮތް ވަނީ ނުވެފައެވެ. 

ދެވަނަ ހާފުގައި ލެވާންޓޭގެ ކުޅުން ރަނގަޅުކޮށް ނުރައްކާތެރި ހަމަލާތައް އުފައްދާ 10 މިނެޓް ތެރޭގައި 3 ގޯލް ޖަހާ ލެވާންޓޭ އިން ވަނީ  ބާސެލޯނާ އަށް ކުއްލި ސިހުމެއް ގެނުވާފައެވެ.  މެޗުގެ 61 ވަނަ މިނެޓުގައި ލެވާންޓޭގެ ޖޯސް ކެމްޕާނާ ގޯލެއްޖަހާ މެޗުގެ ނަތީޖާ ވަނީ ހަމަހަމަ ކޮށްދީފައެވެ. މި ގޯލާއެކު ލެވާންޓޭގެ ކުޅުން ވަރަށް ބޮޑުތަން ރަނގަޅުވެގެން ދިޔައެވެ. ލެވާންޓޭގެ 2 ވަނަ ގޯލް  އޭގެ ދެ މިނެޓްފަހުން 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބޯޖާ މަޔޯރާލް އެވެ. ލެވާންޓޭގެ 3 ވަނަ ގޯލް މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިމެންޖާ ރަޑޯޖާއެވެ. 

މި ބައްޔާއެކު ވެސް ވަގުތީ ގޮތުން ތާވަލުގެ އެއް ވަނައިގައި އޮތީ ބާސެލޯނާ އެވެ. 

ރޭ ރެއާލް މެޑްރިޑް އަދި އެތުލެޓިކޯ މެޑްރިޑް އެއްވަރުވުމުން ލީގުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުޞަތު އެ 2 ޓީމުން ވަނީ ބޭކާރުކޮށްލާފައެވެ. ނަމަވެސް މިރޭ ގްރެނާޑާ އަދި ރެއާލް ސޮސިއެޑާޑް ބައްދަލުކުރާ މެޗުން ގްރެނާޑާ މޮޅުވެއްޖެނަމަ ތާވަލުގެ އެއްވަނަ އަށް އަރާނެއެވެ. އެލް ކްލެސިކޯ މެޗު ކެންސަލްވުމުން ބާސެލޯނާ އަދި ރެއާލް މެޑްރިޑް ކުޅެފައިވަނީ 1 މެޗު މަދުންނެވެ. މި ސީޒަނުގައި ބާސެލޯނާ އަމިއްލަ ދަނޑު ނޫން އެހެން ދަނޑުތަކުގައި ކުޅޭ މެޗުތަކުގެ ނަތީޖާ ދަށްކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top