ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ފިލްމު އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ އިޢުލާނުކުރަނީ

‘ބައިސްކޯފް ޕްރެސެންޓްސް ދިވެހި ފިލްމު އެވޯޑްސް 9’ ގެ ނޮމިނޭޝަންސް ތައް މިރޭ އިޢުލާން ކުރާނެ ކަަމަށް އެންސީއޭ އިން މިއަދު ބުނެފިއެވެ.

އެންސީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ 10:00 ޖަހާއިރު ވީޓީވީ މެދުވެރިކޮށް އިއުލާނުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވީޓީވީން މި ކަން އިޢުލާނުކުރަން ހަމަޖެހިފައިވާއިރު، ފިލްމީ ދާއިރާގެ ބޭފުޅުންނަށް މި އިވެންޓަށް ދަޢުވަތު ފޮނުވާފައި ނުވާކަމަށް ބައެއް ފިލްމީ ފަންނާނުން ބުނެއެވެ. މީގެ އިތުރުން ގައުމީ ޓީވީން މި އިވެންޓް ނުގެނެސްދޭތީ އެކަމުގެ ކަންބޮޑުވުންތައް ފިލްމީ ފަންނާނުން ފާޅުކުރަމުން އަންނަކަމުގެ މަޢުލޫމާތުތަކެއް ވެސް މުނިއަވަސް އަށް ވަނީ ލިބިފައެވެ.

ފިލްމު އެވޯޑްސްގައި މިފަހަރު 12 ފީޗާ ފިލްމާއި އެއް ކުރު ފިލްމު ވާދަކުރެއެވެ. ފިލްމުތަކަށް އިންސާފުކުރަން ހަތް ފަންޑިޔާރުން ތިބޭ ޕެނަލެއް އެކުލަވާލާފައި ވެއެވެ. ޕެނަލްގައި ހިމެނެނީ ޑައިރެކްޓަރު މުހައްމަދު ނިޔާޒު (ޓެޑްރީ) އާއި އައިމިނަތު ނަޖީބާއި ފާތުމަތު ލީޒާ އާއި އައިމިނަތު އިނާސް އާއި އަހުމަދު އަހުސަނާއި ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

މިއަހަރު ބާއްވާ ފިލްމު އެވޯޑްސްގައި 2017 އަދި 2018 ވަނަ އަހަރު އުފައްދާފައިވާ 12 ފީޗާ ފިލްމާއި ކުރު ފިލްމެއް ހިމެނެއެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top