ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އަސަރުން ފުރިގެންވާ “ފިލްހާލް” ނިކުމެއްޖެ

އަކްޝޭ ކުމާރް އަދި ނުޕުރް ސަނޯންގެ ‘ފިލްހާލް’ ދިގު އިންތިޒާރަކަށް ފަހު ބެލުންތެރިންނާ ހަމައަށް އަތުވެއްޖެއެވެ.

ލޯތްބާއި ހިތާމައިން ފުރިގެންވާ މި ލަވަ ބަލާ ކޮންމެ މީހެއްގެ ހިތް އަސަރުން ފުރިގެންދާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.

މި ލަވައިގައި ފެނިގެންދަނީ އެކި ސަބަބުތަކާ ހެދި ދެ ލޯބިވެރިން ދުރުވާ ތަނެވެ. ނަމަވެސް އެ ކަންކަމުގެ ސަބަބުން އެކަކު އަނެކަކަށްޓަކައި ހިތުގައި ޖަހަމުންދާ ދެމީހުންގެ ވިންދަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

އެ ދެމީހުންގެ އިތުރުން އަމީ ވިރުކް އަދި އަޝްމިތާވެސް މުހިންމު ރޯލުތަކުން ފެނިގެންދާ މި ލަވަ ޑައިރެކްޓް ކޮށްފައި ވަނީ އަރްވިންދް ކައިރާ އެވެ.

މި ލަވައިގެ ލިރިކްސް، ޖާނީ ތައްޔާރު ކޮށްދީފައި ވާއިރު ލަވައިގެ މިޔުޒިކް ހަދައިދީ އަދި ލަވަ ކިޔާފައިވަނީ ބީ ޕްރާކެވެ.

ކުށް ފިލުވީ: އަޙްމަދު ރަޝީދު

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top