ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
މިމަހު 12 ގައި ބައިސްކޯފަށް “ދައުވަތު”

މި އަހަރު ޖޫން 12 ގައި ބެލުންތެރިންނަށް ގެނެސްދިން ވީމީޑިއާ އޮރިޖިނަލްސްގެ ފުރަތަމަ ފިލްމު، “ދަޢުވަތު”، މި މަހު 12 އިން ފެށިގެން ބައިސްކޯފުން ބަލައިލެވޭނެ ކަަމަށް “ކޮސް ގިނަ މިސްޓޭކް” ގެ ޕްރޮޑަކްޝަން މެނޭޖަރ ޝަފީޤް ބުނެފިއެވެ.

“ކޮސް ގިނަ މިސްޓޭކް” މީޑިއާ ގަރޫޕްގައި ޝަފީޤް މިކަން ހިއްސާކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

”ދައުވަތު“ގައި މަޝްހޫރު ފިލްމީ ތަރި މުހައްމަދު ފައިސަލް، ޒުވާން ފިލްމީ ތަރި އަލީ އާޒިމް (ދޮން އައްޔަ)، ކުޅަދާނަ ބަތަލާ މަރިޔަމް އައްޒަ، އަހުމަދު އީސަ (އާނަންދު) އަދި ފޯޓީޕްލަސްއިން ފިލްމީ ދާއިރާއަށް ތައާރަފްކުރި ޒިޔާދާވެސް ފެނިގެންދާނެއެވެ.

މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ވަރަށްވެސް އިބްރަތްތެރި ފިލްމެކެވެ.

މިއީ ރާއްޖޭގެ ދެކުނުގެ ރަށެއްގައި ހިނގާދިޔަ ހާދިސާއެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ދައްކުވައިދެނީ އެތައް އުންމީދުތަކަކާއެކު އުފާވެރި ޖަވާޒީ ހަޔާތަށް އެދި ކައިވެނިކުރި ދެމަފިިރިންނަށް ދިމާވި ދުވަހަކުވެސް އެމީހުންގެ ހަނދާން ފިލައިގެން ނުދާނެ ހާދިސާއެކެވެ. ”ދައުވަތު“ މި ފިލްމުގައި މި ހާދިސާ ވަރަށް ފުރިހަމައަށް ބެލުންތެރިންނާއި ހަމައަށް ވަނީ ގެނެސްދީފައެވެ.

ފިލްމުގެ ވާހަކަ ލިޔެ، ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ޔޫއްޕެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top