ދިވެހި ފިލްމު އެވޯޑްސް 9 ގެ އެންމެ މޮޅު ފިލްމަކަށް އާއިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް، ރަވީ ފާރޫޤް ޑައިރެކްޓްކުރި “ވިޝްކާ” ހޮވިއްޖެ އެވެ.
2017 ވަނަ އަހަރުގެ ސާކް ފިލްމު ފެސްޓިވަލް އިން އެއްމެ މޮޅު އެކްޓްރެސް ގެ ފަޚުރުވެރި މަޤާމު ދިވެހިންނަށް ގެނެސްދިނީ މި ފިލްމުން އާއިޝަތު ރިޝްމީ ރަމީޒު އެވެ. ރޭ ބޭއްވުނު ފިލްމު އެވޯޑުން އެންމެ މޮޅު ބަޠަލާގެ ރޯލުވެސް މި ފިލްމުން ރިޝްމީއަށް ލިބުނެވެ.
ފިލްމު “ވިޝްކާ” އަށް ފަޚުރުވެރި ހަތް އެވޯޑެއް ލިބުނެވެ. އެގޮތުން އެންމެ މޮޅު ފިލްމަކަށް “ވިޝްކާ” ހޮވުމާއި އެންމެ މޮޅު ބަޠަލާގެ އެވޯޑުގެ އިތުރުން:
– އެންމެ މޮޅު ސިނެމެޓޯގްރަފީ – އަޙުމަދު ޝާމިން ނިޒާމް (ވިޝްކާ)
– އެންމެ މޮޅު ސައުންޑް ޑިޒައިން – މުޙައްމަދު އިކްރާމް (ވިޝްކާ)
– އެންމެ މޮޅު ކޮސްޓިއުމް ޑިޒައިން – އައިމިނަތު ނޫރާ، މުޙައްމަދު ރިއްފަޠު، ޢަބްދުﷲ ވިޝާމް (ވިޝްކާ)
– އެންމެ މޮޅު އާޓް ޑައިރެކްޓަރ – އަޙުމަދު މުޙައްމަދު އިމާދު (ވިޝްކާ)
– އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާ – މަރިޔަމް ރިފްޤާ ރަޝީދު (ވިޝްކާ / ވިޝްކާ)
ގެ އެވޯޑު މި ފިލްމަށް ލިބުނެވެ.

“ވިޝްކާ”ގެ ޕޯސްޓަރެއް
“ވިޝްކާ” ގައި ލީޑް ރޯލް ކުޅެފައި ވަނީ ރިޝްމީގެ އިތުރުން ރަވީ ފާރޫގެވެ. ފިލްމުގެ ވަރަށް މުހިއްމު ރޯލެއް އަހުމަދު ސައީދު ވެސް ކުޅެފައިވެ އެވެ.
މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި “ވިޝްކާ” އަކީ 18 އަހަރުން މަތީގެ މީހުންނަށް ހާއްސަ ފިލްމެކެވެ.
“ވިޝްކާ” އާއެކު އެންމެ ވާދަވެރި ފިލްމަކަށްވީ ޔޫސުފް ޝަފީއުގެ “ދެވަންސޫރަ” އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ޖޫން 2025ޚަބަރުލޯބިން…؟ މިއޮތީ ފަސްޓް ލުކެއް!
- 8 ޖޫން 2025ޚަބަރު“ސޮރީ” ފިލްމުން ބޮޑު އިވެންޓެއް އޮލިމްޕަހުގައި
- 7 ޖޫން 2025ޚަބަރުފަރާ ޚާންގެ ޢީދު މުބާރިކް މެސެޖް!
- 5 ޖޫން 2025ރިޕޯޓްގުޅުން ރަނގަޅުނަމަ ފޭސްބްކްގައި އިޝްތިހާރެއް ނުކުރާނެ!